ހޮލީވުޑްގައި މިވަގުތު އެންމެ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ އެއް ޖޯޑަކީ މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޯމޭޒްއާއި އޭނާގެ ބައިވެރިޔާ ބެނީ ބްލޭންކޯ އެވެ.
އެހެން ނަމަވެސް މި ފަހަކަށް އައިސް ސެލީނާގެ ކުރީގެ އެކުވެރިޔާ އަދި އެސިސްޓަންޓް ތެރީސާ މޭރީ މިންގަސްއާއެކު ބެނީ ސެލީނާއަށް ބޭވަފާތެރިވި ކަމަށް އަޑުތައް ދަނީ ފެތުރެމުންނެވެ.
މި ވާހަކަތައް ސޯޝަލް މީޑިއާގައި ހަލުވިކަމާއެކު ފެތުރެމުން ދަނިކޮށް ސެލީނާ މިވަނީ އެ ވާހަކަތަކަށް ނުސީދާ ގޮތެއްގައި ރައްދު ދީފަ އެވެ. އެގޮތުން ސެލީނާ ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީއަށް ބެނީގެ ފޮޓޯއެއް ހިއްސާ ކޮށްފަ އެވެ. އެ ފޮޓޯގައި ފެންނަނީ ބެނީ އެމީހުންގެ އޮޅު ކުއްތާއާއި ސެލީނާގެ ކޮއްކޮއަކާއެކު ކުޅެން އިންނަ މަންޒަރެވެ.
ސެލީނާގެ މި ފޮޓޯއާއެކު އެ ދެތަރިންގެ މެދުގައި އެއްވެސް ނުތަނަވަސްކަމެއް ނޫޅޭ ކަން މިހާރު ވަނީ އެނގިފަ އެވެ. އެ ފޮޓޯއަށް ގިނަ ބަޔަކު އަންނަނީ ކޮމެންޓް ވެސް ކުރަމުންނެވެ.
ބެނީއާއި މިންގަސް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑު ފެތުރުނީ އެ ދެމީހުން އެކުގައި ކެއުމަކަށް އިންސާފުކުރާ މަންޒަރު ފެނުމުންނެވެ. އޭގެ ފަހުން ސެލީނާ މިންގަސްގެ އިންސްޓަގްރާމް ވެސް އަންފޮލޯ ކުރިކަން ވަނީ ފާހަގަކުރެވިފަ އެވެ.
އެހެން ނަމަވެސް މި ހުރިހާ ކަމަކާއެކު ވެސް ބެނީއާއި މިންގަސްގެ ގުޅުން ސާބިތުވާ ވަރުގެ އެއްވެސް ކަމެއް އެ ދެމީހުންގެ ފަރާތުން ފެނިފައެއް ނުވެ އެވެ.
ޓްރަމްޕްގެ މަގުބޫލުކަން 33 ޕަސެންޓަށް ދަށްވެއްޖެ
ރެކޯޑެއް: މީހެއްގެ ގައިން 3.1 ކިލޯގެ ބްލެޑާ ސްޓޯނެއް ނަގައިފި
ވިޔަފާރިތަކަށް ފައިސާ ދޫކުރަނީ ބައިބަޔަށް ބަހައިގެން: ޒަރީރު