މަޝްހޫރު މޮޑެލް ގިގީ ހަދީދްއާއި އެކްޓަރު ބްރޭޑްލީ ކޫޕާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ގިގީ ޔަގީން ކޮށްދީފި އެވެ.
މިކަން ގިގީ ޔަގީން ކޮށްދީފައިވަނީ ގިގީގެ އުފަން ދުވަހާ ގުޅުވައިގެން އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓްގައި ހިއްސާކުރި ޕޯސްޓެއްގަ އެވެ.
އެ ޕޯސްޓުގައި ގިގީގެ އުފަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަފްލާގެ ފޮޓޯތައް ހުރިއިރު އޭގެ ތެރޭގައި އޭނާއާއި ބްރޭޑްލީގެ ފޮޓޯތަކެއް ވެސް ހިމެނެ އެވެ.
އެ ޕޯސްޓާއެކު ގިގީ ބުނެފައިވަނީ އުމުރުން 30 އަހަރު ފުރުނީތީ އުފާވާ ކަމަށާއި ދިރިއުޅުމުގައި ބައިވެރިވާ އެކި މީހުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރުވެރިވާ ކަމަށެވެ.
ގިގީއާއި ބްރޭޑްލީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް މީޑިއާގައި އަޑުތައް ފެތުރުނު ނަމަވެސް އެ ދެމީހުންކުރެ އެކަކު ވެސް އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކާފައެއް ނުވެ އެވެ.
ގިގީގެ ޕޯސްޓާއެކު އެ ޕޯސްޓަށް ކޮމެންޓްކުރާ ގިނަ ބަޔަކު އަންނަނީ އަވަހަށް ކައިވެނިކޮށް ދަރިން ހޯދުމަށް ގިގީއާއި ބްރޭޑްލީއަށް ނަސޭހަތްތެރި ވަމުންނެވެ.
އޮށާޅަ ބިހި ނަގާނަމަ ސަމާލުވާންވީ ދެތިން ކަމެއް!
ކޮޅުވެއްޓީގެ ކެޕްޓަންގެ އަތުގައި ލައިސަންސެއް ނެތް: އެމްޕީއެލް
ޓްރީ ޓޮޕާއި މަޔޯ ކްލިނިކް ގުޅިގެން މެޑިކަލް ވޯކްޝޮޕްތަކެއް