އިނގިރޭސި ޝާހީ އާއިލާގެ މެމްބަރު ޕްރިންސް ހެރީ މިދިޔަ ހުކުރު ދުވަހު ބީބީސީއަށް ދިން އިންޓަވިއުއާ ގުޅިގެން އެ އާއިލާގެ ޝާހީ ގަނޑުވަރުން ބަޔާނެއް ނެރެފި އެވެ.
ޝާހީ ގަނޑުވަރުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ޕްރިންސް ހެރީއާއި އޭނާގެ އާއިލާއާ ގުޅުވައިގެން ނިންމި އެންމެހާ ނިންމުންތަކަކީ އެތައް ފަހަރަކު ބެލުމަށްފަހު ނިންމި ނިންމުންތަކެއް ކަމަށެވެ.
ހެރީއަށް އިނގިރޭސި ވިލާތުގައި ދީފައިވާ ސެކިއުރިޓީ ކަނޑާލުމުން އެ ނިންމުން އަނބުރާ ގެންދިއުމަށް އެދި އޭނާ ކޯޓަށް ހުށައެޅި މައްސަލަ ހެރީއާ ދެކޮޅަށް ނިންމި ނިންމުމަށް އެ ބަޔާނުގައި އަލިއަޅުވާލާފައިވެ އެވެ.
އެގޮތުން އެ ނިންމުމަކީ ގިނަ ކަންތައްތަކަށް ބެލުމަށްފަހު ކޯޓުން ނިންމި ނިންމުމެއް ކަމަށް ޝާހީ ތަރުޖަމާނާ ހަވާލާދީ ބަޔާނުގައި ބުނެފައިވެ އެވެ.
ހެރީގެ އިންޓަވިއުގައި އޭނާގެ ސެކިއުރިޓީ ކަނޑާލުމަކީ ޕްރޮޕެގެންޑާއެއް ކަމަށާއި އޭގެ ސަބަބުން އޭނާއާއި އާއިލާއަށް އިނގިރޭސި ވިލާތަށް ދިއުމުގެ ފުރުސަތު ވެސް ނެތް ކަމަށް ބުނެފައިވެ އެވެ.
އޭގެ އިތުރުން ބައްޕާފުޅު ޗާލްސް ރަސްގެފާނު އޭނާއާ ވާހަކަ ނުދައްކާ ކަމަށާއި އާއިލާގެ ބައެއް މެމްބަރުން އޭނާއަށް މައާފު ނުކުރާނެކަަން އެނގޭ ކަމަށް ވެސް ހެރީ ބުންޏެވެ.
ހެރީގެ މި އިންޓަވިއުއާއި ޝާހީ ގަނޑުވަރުގެ ބަޔާނާއެކު އިނގިރޭސި ވިލާތުގެ ރައްޔިތުން ވަނީ ދެބަޔަކަށް ބެހިފަ އެވެ. އެއް ބަޔަކު ހެރީއަށް ތާއީދުކުރާއިރު އަނެއް ބަޔަކު ތިބީ ޝާހީ އާއިލާއާ އެކުގަ އެވެ.
"ޑްރަގް ވިޔަފާރިކުރާ މީހާ މަރުވަންދެން އޮންނަންޖެހޭނީ ޖަލުގައި"
"އެވެޓާ"ގެ އާ ފިލްމަށް ބެލުންތެރިންގެ ތައުރީފު އޮހެނީ!
ބޮލީވުޑްގެ ތަޖުރިބާ މާ ކާމިޔާބު: ޕްރިޔަންކާ