ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ފޮރިން ސެކްރެޓަރީގެ މަގާމުން އިނާޔާ އިސްތިއުފާ ދެއްވި ނަމަވެސް މިނިސްޓްރީގެ ސެކްރެޓަރީ ލެވަލްގެ މަގާމެއްގައި އޭނާ ހުންނަވާނެ އެވެ.
ފޮރިން ސެކްރެޓަރީގެ މަގާމުން އިނާޔާ އިސްތިއުފާ ދެއްވި ވަކި ސަބަބެއް ނޭނގެ އެވެ.
އިނާޔާ އަކީ މިހާތަނަށް ރާއްޖޭގައި ފޮރިން ސެކްރެޓަރީގެ މަގާމު ފުރުއްވި ހަމައެކަނި އަންހެން ބޭފުޅާ އެވެ.
ސްޓޭޓް މިނިސްޓަރެއްގެ ފެންވަރުގައި ފޮރިން ސެކްރެޓަރީގެ މަގާމަށް އިނާޔާ އައްޔަންކުރެއްވީ ޑިސެމްބަރު 12، 2023 ގައެވެ.
ފޮރިން ސެކްރެޓެރީގެ މައިގަނޑު ދައުރަކީ ހާރިޖީ ދާއިރާގެ ސިޔާސަތުތައް ތަރައްގީކޮށް ތަންފީޒު ކުރުމާއި އެ ދާއިރާގެ މަޝްވަރާތައް ކުރިއަށް ގެންގޮސް އިސް އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރުމެވެ.
ޒާތީ މައުލޫމާތު ރައްކާތެރިކުރުމާ ގުޅޭ ބިލު ކޮމިޓީއަށް
އެމްޑީޕީގެ މުޒާހަރާގައި ބައިވެރިވި މީހަކު ވަޒީފާއިން ވަކިކޮށްފި
ޑިޖިޓަލް ސާވިސްއަށް ބޮޑެތި ބާރުތަކެއް ދޭން ބިލެއް ހުށަހަޅައިފި