މިހާރު ފަށައިގެން ކުރިއަށްދާ ކޭންސް ފިލްމް ފެސްޓިވަލްގައި ނިވާކުޑަ ހެދުން ބޭނުން ކުރުން އެ އިވެންޓު އިންތިޒާމުކުރާ ފަރާތުން މަނާކޮށްފި އެވެ.
އިއްޔެއިން ފެށިގެން މި މަހުގެ 24 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ ކޭންސް ފެސްޓިވަލްއަށް ހާޒިރުވާ މެހެމާނުންނަށް ހާއްސަ ޑްރެސް ކޯޑެއް ވަނީ އާއްމުކޮށްފަ އެވެ.
އެ ޑްރެސް ކޯޑުގެ ދަށުން ނިވާކަން ކުޑަ ހެދުން ލުން މަނާ ކޮށްފައިވަނީ ހަފްލާގެ ކަރާމާތް ހިފެހެއްޓުމުގެ ގޮތުން ކަމަށް އިންތިޒާމު ކޮމެޓީއާ ހަވާލާދީ މީޑިއާތަކުން ބުނެ އެވެ.
އެގޮތުން އެތެރެ ފެންނަ ފޮތީގެ ހެދުންތަކާއި ހަށިގަނޑުގެ ލަދުވެތި ގުނަވަންތައް ފާޅުވާ ފަަދަ ހެދުންތައް ބޭނުން ކުރުން މިއަހަރު ވަނީ މަނާ ކުރެވިފަ އެވެ.
އެއާއެކު ހަފްލާއަށް އަންހެނުންގެ ޑްރެސް ކޯޑަކީ ތަނބިކަށްޓާ ހަމައަށް އަރާ ދިގު ހެދުމާއި ފިރިހެނުންނަށް ކޯޓު ފަޓުލޫނު ކަމަށް ވެސް ބުނެފައިވެ އެވެ.
އާއްމުކޮށް މިފަދަ ފެސްޓިވަލްތަކާއި އެވޯޑްތަކުގެ ރެޑް ކާޕެޓަކީ ވަރަށް ނިވާކަން ކުޑަ ހެދުންތައް ފެންނަ ހަފްލާތަކެއްކަން ފާހަގަ ކޮށްލެވެ އެވެ.
ފުލުހަކު މަރާލި މައްސަލައިން ސަމާހު ސަލާމަތެއް ނުވި
ހެރީ ޕޮޓާއަށް ބޮޑު ސަމާލުކަމެއް!
ދިރާގުން ދޭ ފަހު ބޯޓު ހޯދުމަށް އެންރޯލްކުރުމަށް ބާކީ 3 ދުވަސް!