ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާން، ކަރީނާ ކަޕޫރުއާ ކައިވެނި ކޮށްގެން އުޅޭ ދިރިއުޅުން މާ އުފާވެރި ކަމަށް އޭނާގެ ދަރިފުޅު އިބްރާހިމް އަލީ ޚާން ބުނެފި އެވެ.

ދާދި ފަހުން އިބްރާހިމް ދިން އިންޓަވިއުއެއްގައި އޭނާ ވަނީ އޭނާގެ މައިންބަފައިންގެ ކައިވެންޏާއި ސައިފްގެ ދެވަނަ ކައިވެންޏާ އަޅާކިޔާފަ އެވެ. އެގޮތުން އޭނާގެ މަންމަ އަމްރިތާ ސިންހްއާ އެއްކޮށް އުޅުނު ދުވަސްވަރާ އަޅާބަލާއިރު ކަރީނާއާއެކު ސައިފްގެ ދިރިއުދުން މާ ރަނގަޅު ކަމަށް އިބްރާހިމް ބުންޏެވެ.

އޭގެ އިތުރުން އިބްރާހިމް ވަނީ އޭނާގެ މައިންބަފައިންގެ ކައިވެނި ރޫޅުނު ދުވަސްވަރުގެ ތަޖުރިބާއާ ބެހޭގޮތުން ވެސް ވާހަކަދައްކާފަ އެވެ.

އޭނާ ބުނީ ވަރީގެ ކަންތައް ކުރިއަށް ދިޔަ ދުވަސްވަރު ވެސް އެކަމުގެ އިހުސާސް ދަރިންނަށް ކުރިޔަ ނުދޭޭން އޭނާގެ މައިންބަަފައިން ސަމާލުކަން ދިން ކަމަށެވެ.

ސައިފްއާއި އަމްރިތާގެ ކައިވެންޏަށް ދެ ކުދިން ލިބުނެވެ. އެއީ އިބްރާހިމްއާއި ސާރާ އެވެ. ކަރީނާއާއެކު ކުރި ކައިވެންޏަށް ވެސް އިތުރު ދެ ކުދިން މިހާރު ވަނީ ލިބިފަ އެވެ.