މިހާރު ކުރިއަށްދާ ކޭންސް ފެސްޓިވަލްގައި އިންޑިއާގެ ތަރި އުރްފީ ޖާވިދު ބޭނުން ކުރަން ފަރުމާކުރި ހެދުމަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެ އެވެ.
އުރްފީގެ އެ ހެދުން ދައްކާލާފައިވަނީ މިދިޔަ ހުކުރު ދުވަހު މުމްބާއީގަ އެވެ. އެއީ ކޭންސް ފެސްޓިވަލްގައި އޭނާ ބޭނުންކުރަން ފަރުމާކުރި ހެދުމެއް ނަމަވެސް އެ ފުރުސަތު އޭނާއަށް ލިބިފައެއް ނުވެ އެވެ.
ރަތް ކުލައިގެ ފޮއްޗަކުން ޖަރީ ކުރެވިފައިވާ އެ ހެދުމުގެ ފަސްބައި ފަރުމާކުރެވިފައިވަނީ މަލެއްގެ ފިޔަތައް ލޮލަށް ސިފަވާ ގޮތަށެވެ. އެއާއެކު ރިމޯޓް ކޮންޓްރޯލެއްގެ އެހީގައި އެ ފިޔަތައް ފޮޅޭ ގޮތް ވެސް އެ ހެދުމުން ސިފަވެ އެވެ.
އެ ހެދުމާ ބެހޭގޮތުން އުރްފީ ބުނީ އެ ހެދުން އަދިވެސް ފުރިހަމަނުވާ ކަމަށާއި އެއީ އޭނާގެ ޓީމުން ވަރަށް އަވަސް އަރުވާލައިގެން ކުރި މަސައްކަތެއް ކަމަށެވެ.
އުރްފީއަށް ކޭންސް ފެސްޓިވަލްގެ ދައުވަތު ލިބުނު ނަމަވެސް ފްރާންސްގައި ބާއްވާ އެ ހަފްލާއަށް ދާން އޭނާއަށް ވިސާ ނުލިބުމުން އެ ފުރުސަތު އޭނާއަށް ވަނީ ގެއްލިފަ އެވެ.
ފްރާންސްގެ ވިސާ ހަމަނުޖެހުމުން ވެސް އުރްފީ ވަނީ ދިރިއުޅުމުގައި އަޑިގުޑަންތަކާ ކުރިމަތިލަމުން އަންނަ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކޮށްފަ އެވެ.
ތިޔަ ފެސްޓިވަލަކަށް ނުދެވުނުކަން ނަސީބެއް!! އެހެންނޫނަސް މީނާއަކީ އެކަހަލަ ފެސްޓިވަލަކަށް ދާހާ މަޝްހޫރު މީހެއްތޯ ސުވާލު އުފެދޭ؟؟
ރިޕްލައި