ހޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ބްލޭކް ލައިވްލީއާއި ޖަސްޓިން ބެލްޑޯނީއާ ދެމެދު ކުރިއަށްދާ ގާނޫނީ ކޯޅުމުގައި ބްލޭކްއާ އެއްބައިވާން ޓޭލާ ސްވިފްޓަށް އޭނާ ނުފޫޒު ފޯރުވި ކަމަށް ޖަސްޓިންގެ ޓީމުން ކުރާ ތުހުމަތުތައް ބްލޭކް ދޮގުކޮށްފި އެވެ.
އެންޓަޓެއިންމަންޓް ވީކްލީއަށް ބްލޭކްގެ ވަކީީލުން ދިން ބަޔާނެއްގައި ބުނެފައިވަނީ އެ މައްސަލައިގެ އަސްލު އޮޅުވާލަން ޖަސްޓިންގެ ވަކީލުން މަސައްކަތްކުރާ ކަމަށެވެ.
މީގެ ހަފްތާއެއްހާ ދުވަސް ކުރިން އެ މައްސަލައިގައި ހެކިބސް ދޭން ކޯޓަށް ހާޒިރު ވުމަށްޓޭލާއަށް އަމުރު އައި ނަމަވެސް އޭނާ ވަނީ އެ މައްސަލައާ އޭނާއާ އެއްވެސް ގުޅުމެއް ނުވާ ކަމަށް ބުނެ ބަޔާނެއް ވެސް ނެރެފަ އެވެ.
އެއާ ޚިލާފަށް ޖަސްޓިންގެ ވަކީލުން ބުނެފައިވަނީ "އިޓް އެންޑްސް ވިތު އަސް"ގެ ޕްރޮޑަކްޝަންގައި ޓޭލާގެ ވަރަށް ބޮޑު ދައުރެއް އޮތް ކަމަށެވެ.
ޖަސްޓިންއާއި ބްލޭކްގެ ގާނޫނީ ކޯޅުން ފެށިގެން ދިޔައީ އެ ފިލްމުގެ ޝޫޓިންގައި ޖަސްޓިން ބްލޭކްއަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ ޖިންސީ ފުރައްސާރައިގެ ދައުވާއެއް ކުރުމުންނެވެ.
އޭގެ ރައްދުގައި ޖަސްޓިން ވަނީ އެ ދައުވާއަށް ދެކޮޅު ހަދައި ބްލޭކްގެ މައްޗަށް އަބުރުގެ ދައުވާ ވެސް ކޮށްފަ އެވެ. އެ މައްސަލަ ވެސް ކޯޓުގައި މިހާރު އެބައޮތެވެ.
އުމުރުން 30ގެ އަހަރުތަކުގައި ސްޓްރޯކްގެ ނުރައްކާ؟
އެމެރިކާއިން ސައުދީއަށް 1.96 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ
ސްޓޭޑިއަމް ބިމުގެ މައްސަލަ: ކޯޓުން ބޭރުން ހައްލުކުރަން މުއްދަތެއް