މިހާރު ކުރިއަށްދާ ކޭންސް ފެސްޓިވަލްގެ ރެޑް ކާޕެޓުގެ ތެރެއިން ހނގި ހެއްވާ މަޖާ މަންޒަރެއް ބެލުންތެރިންގެ ސަމާލުކަމަށް އައިސްފި އެވެ.
ކުރިއަށް އޮތް ފިލްމު "އެޑިންޓަން"ގެ ލީޑު ތަރިން ކަމަށްވާ އެމާ ސްޓޯންއާއި ޕެޑްރޯ ޕަސްކަލް އަދި އޮސްޓިން ބަޓްލާ އެކުގައި ރެޑް ކާޕެޓުން ފެނުނުއިރު އެ މީހުންނަށް ކުއްލި ސިހުމަކަށްވީ ކައިރިން އެނބުރުނު ސޫތްޕެކެވެ.
ކުޅަނދުރެއްހެން ހީވާ އެ ސޫފި ކައިރީގައި އެނބުރޭކަން އެންމެ ފުރަތަމަ އެމާއަށް ފާހަގަވެގެން އެ ފައްސާލަން މަސައްކަތް ކުރި ނަަމަވެސް އޭތި ވަނީ އެ ތިން މީހުން ވަށައިގެން އިރުކޮޅަކު އެނބުރިފަ އެވެ.
ނަތީޖާއަކަށްވީ އެތިން ތަރިން ރެޑް ކާޕެޓް މަތީގައި އެ ސޫފިން ރެކެން ވެގެން އެކި ގޮތްގޮތަށް މަސައްކަތް ކުރުމެވެ. މިކަން ވެފައިވަނީ ބަލަން ތިބި މީހުންނަށް މަޖާ ކަމަކަށެވެ.
މި މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި އާއްމުވެފައިވާއިރު ގިނަ ބަޔަކު އަންނަނީ އެކަމަށް ހީ ސަމާސާ ކުރަމުންނެވެ.
އެއާއެކު އެ ވީޑިއޯއިން ނަގާފައިވާ ތަފާތު މީމްތަކެއް ވެސް އިންޓަނެޓުގައި ކޮންމެވެސް ވަރަކަށް ދައުރުވާކަން ވަނީ ފާހަގަ ކުރެވިފަ އެވެ.