މީގެ 35 އަހަރު ކުރިން ރިލީޒް ކުރެވުނު ބޮލީވުޑްގެ ކާމިޔާބު ފިލްމު "އާޝިގީ" ކުޅެދިން އަގު މިއަދާ ހަމައަށް ވެސް ނުލިބޭ ކަމަށް އެ ފިލްމުގެ ލީޑް އަންހެން ތަރި އަނޫ އަގަރްވާލް ބުނެފި އެވެ.
ޕިންކްވިލާއަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި އަނޫ ބުނީ އޭނާއަށް ދޭން އެއްބަސްވި އަގު އަދިވެސް ނުލިބޭ ކަމަށާއި ވަކި ހިސާބަކުން އެ އަގު ހޯދަން ކުރި މަސައްކަތް ވެސް ހުއްޓާލި ކަމަށެވެ.
އެކްޓަރުންނަށް ދޭން އެއްބަސްވާ އެއްޗެހި ނުދިނުމުގެ ތަޖުރިބާއެއް ކުރެވުނުތޯ ކުރި ސުވާލަށް ޖަވާބު ދެމުން އަނޫ ވަނީ އޭނާއަށް ލިބުނީ އެއްބަސްވި އަގުގެ 60 ޕަސެންޓް ކަމަށާއި ބާކީ 40 ޕަސެންޓް އަދިވެސް ނުލިބޭ ކަމަށް ބުނެފަ އެވެ.
އެއާއެކު އެ އަދަދަކީ އޭނާގެ ފަރާތުން ފިލްމުގެ ޕްރޮޑިއުސަރުންނަށް ދިން ހަދިޔާއެއް ކަމަށާއި އެ ފިލްމަށްފަހު އޭނާއަށް އެކި ގޮތްގޮތުން ބޮޑު އާމްދަނީއެއް ލިބުނު ކަމަށް ވެސް އަނޫ ބުންޏެވެ.
1990 ވަނަ އަހަރު ރިލީޒްކުރި "އާޝިގީ"އަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ލިބުނުއިރު އެ ފިލްމަކީ މިއަދާ ހަމައަށް ވެސް ބޮލީވުޑްގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ގުނާލެވޭ ފިލްމެކެވެ.
އޭގެ 23 އަހަރު ފަހުން 2013 ވަނަ އަހަރު އެ ފިލްމުގެ ސީކުއަލް "އާޝިގީ 2" ނެރުނުއިރު އެ ފިލްމަށްވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނެވެ.