މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓް އެންމެ ފަހުން ރިލީޒްކުރި އަލްބަމްގައި ހިމެނޭ ލަވައެއްގެ ސަބަބުން އޭނާއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވަމުން އެބަދެ އެވެ.
ޔަހޫދީންނާ ދެކޮޅު އިންގިލާބެއް ފެށި އެޑޮލްފް ހިޓްލަރުގެ ހަޔާތުގެ މައްޗަށް ބިނާކޮށް ކާންޔޭ ހެދި އެ ލަވައިގައި ހިޓްލަރުގެ ބައެއް ބަސްތައް ވެސް ބޭނުން ކޮށްފައިވެ އެވެ.
ނަތީޖާއަކަށް ވެގެންދިޔައީ އެޕަލް މިއުޒިކްއާއި ސްޕޮޓިފައި ފަދަ ސްޓްރީމިން ކުންފުނިތަކުން ކާންޔޭގެ އެ އަލްބަމް ބޮއިކޮޓް ކުރުމެވެ. އެހެން ނަމަވެސް ހިޓްލަރަށް ހަދާފައިވާ އެ ލަވަ ވަނީ އެކްސްގައި ވައިރަލްވެފަ އެވެ.
މި ލަވައިގެ ސަބަބުން ކާންޔޭއަށް ފާޑުކިޔުން އަމާޒުވެފައިވާ މި ދަނޑިވަޅުގައި މިމަހުގެ 31 ވަނަ ދުވަހު ދެކުނު ކޮރެއާގެ ސިއޯލްގައި ބާއްވަން އޮތް ކާންޔޭގެ ކޮންސެޓެއް ވެސް ވަނީ ކެންސަލް ކުރެވިފަ އެވެ.
މީގެ ކުރިން ވެސް ހިޓްލަރުގެ ފިކުރަށް ފާޅުގައި ތާއީދު ކުރުމުގެ ސަބަބުން ކާންޔޭއަށް ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. އެހެން ނަމަވެސް އޭނާގެ ފިކުރަށް މައާފަށް ނޭދޭނެ ކަމަށް ވެސް ކާންޔޭ ބުންޏެވެ.
މި ލަވައިގެ އިތުރުން ވެސް އޮރިޔާން ކާޑު ގެންގުޅުމާއި ޖިންސީ ފުރައްސާރަ ފަދަ މައްސަލަތަކުގައި ކާންޔޭ ވަނީ މީޑިއާގެ ސަމާލުކަމަށް އައިސްފަ އެވެ.
ޑޮން 3: ފަރްހާން އެންމެ ފަހުން އިދާރާތަކަށް!
ހައްޖު ދުވަހުގެ ސަވާބާއި ދަރުމަ ހޯދަން ކުރެވިދާނެ 10 ކަމެއް!
އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް އެމެރިކާއިން ހަމަލާތަކެއް ދީފި