ކުރިއަށް މިއޮތީ މިއަހަރުގެ ބޮޑު އީދު ޗުއްޓީ އެވެ. މި ޗުއްޓީގައި ގިނަ ބަޔަކު ރާއްޖެ ތެރެއަށާއި ރާއްޖެއިން ބޭރަށް ޗުއްޓީ ހޭދަކުރަން ދަތުރު ކުރާނެ ކަމަށް ބެލެވެ އެވެ.
މިފަދަ ޗުއްޓީތަކަށް ތައްޔާރު ވުމުގައި އަހަރުމެންނަށް އެންމެ އަޅާނުލެވޭ އެއް ކަމަކީ ޗުއްޓީގައި ބޭނުންކުރާ އަންނައުނެވެ. ޗުއްޓީއަށް ދާ ތަނެއްގެ ގޮތުންނާއި ބޭނުންވާ ކަމެއްގެ ގޮތުން ހެދުން އެޅުމުގައި ބައެއް ކަންކަމަށް ސަމާލުވާން ޖެހެ އެވެ.
މިކްސް އެންޑް މެޗް ހެދުންތައް ބޭނުން ކުރުން
"މިކްސް އެންޑް މެޗް" އޭ ބުނެވެނީ އެކި ސްޓައިލުތަކަށް އެކި ގޮތްގޮތަކަށް ބޭނުން ކުރެވޭ ހެދުންތަކަށެވެ. މިސާލަކަށް ޓީޝާޓެއް ނުވަތަ ޓޮޕެއް އެކި ޖިންސް ނުވަތަ ސްކާޓްތަކާއެކު ބޭނުން ކުރެވިދާނެ ދެތިން ހަތަރު ގޮތް ހުރެދާނެ އެވެ. މިގޮތުގެ މަތިން ދަތުރަށް ގެންދަންޖެހޭ އަންނައުނު މަދުވެ މަދު ހެދުންތަކުން ގިނަ ސްޓައިލްތައް ބޭނުން ކުރެވޭނެ އެވެ.
ދިގު ސްކާޓްތަކާއި ފުޅާ ހަރުވާޅުތައް
މެކްސީ ސްޓައިލްގެ ފްލޯރަލް ޕްރިންޓް ސްކާޓްތަކާއި ފައިކުރި ފުޅާ ހަރުވާޅުތަކަކީ ޗުއްޓީއަކަށް ދާއިރު ބޭނުންވާ "އެސެންޝަލް" އެކެވެ. މިއީ ދަތުރުގެ ތެރެއިން ނަގަން ތި ހިޔާލުކުރާ ފޮޓޯތަކުގެ ރީތިކަން ވެސް އެތައް ގުނައެއް އިތުރު ކޮށްދޭނެ އައިޓަމެއް ކަން ޔަގީނެވެ.
ނިއުޓްރަލް ބޭސިކްސް
ކުރިން ވެސް ބުނި ފަދައިން މިކްސް އެންޑް މެޗް ވޯޑްރޯބަކަށް ވިސްނާއިރު ޓީޝާޓު، ލެގިންސް ފަދަ ބޭކިސްކްސް ކަޅު، ހުދު އަދި ކްރީމް ފަދަ ހުރިހާ ކުލައަކާއެކު ވެސް ގުޅޭ ކުލަތަކުން ހަމަކުރުމަކީ ތަފާތު ސްޓައިލްތަކަށް ހެދުން އަޅަން ފަސޭހަ ވެގެންދާނެ ކަމެކެވެ.
ލޭޔަރިން އައިޓަމްސް
ޗުއްޓީއެއްގެ ވޯޑްރޯބަށް ވިސްނާއިރު ލޭޔަރިންއަކީ ވަރަށް މުހިއްމު ހިއްސާ އެކެވެ. އެގޮތުން ބޭސިކްސްއާއެކު ޖެކެޓާއި ސްކާފް ފަދަ ތަކެއްޗަކީ ދަތުރު މަތީގައި ތިމާގެ "ލުކް" އިތުރަށް ފުރިހަމަ ކޮށްދޭނެ ކަމެއް ކަން ޔަގީނެވެ.
މޫސުމާއި ސަގާފަތަށް ސަމާލުވޭ!
ޗުއްޓީއަކަށް ތަނަކަށް ދާއިރު އެތަނަކާ ބެހޭގޮތުން ދިރާސާކޮށް އެއާ ގުޅޭގޮތުން ހެދުން އެޅުމަށް ސަމާލުކަން ދޭންވާނެ އެވެ. އެގޮތުން އެތަނެއްގެ ސަގާފަތާއި މޫސުމަކީ ގެންދާނެ އަންނައުނު ނިންމުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ކަންކަމެވެ. ހާއްސަކޮށް ރާއްޖެއިން ބޭރުގެ ގައުމަކަށް ދާނަމަ އެވެ.
ފަސޭހަ އަދި އަރާމަށް ވިސްނާ!
ޗުއްޓީއަކަށް ތަނަކަށް ދާއިރު ގިނަ ވަގުތު ދަތުރު ކުރުމުގައި ނުވަތަ ހަރަކާތްތެރިވެ އުޅުމުގައި އުޅެން ޖެހޭނެކަން ހަނދާނުގައި ބަހައްޓަންވާނެ އެވެ. އެހެން ކަމުން ބޭނުންކުރާ ހެދުންތައް ކަނޑައެޅުމުގައި ފަސޭހައާއި އަރާމަށް ވިސްނަންވާނެ އެވެ. އެގޮތުން ލުއި ފޮތީގެ ގަޔަށް ދޫ ހެދުންތައް ބޭނުން ކުރެވިދާނެ އެވެ.
ޗުއްޓީއަކަށް ދާއިރު ހެދުން އެޅުމަށް ބޭނުންވާނެ އެންމެހާ ފެޝަން އައިޓަމްސް މަޝްހޫރު ފެޝަން ބްރޭންޑް މެންގޯގެ ރާއްޖޭގެ އައުޓްލެޓުން ލިބެން ހުންނާނެ އެވެ.