2000ގެ އަހަރުތަކުގައި ބޮލީވުޑްގެ ފިލްމުތަކުން މަޝްހޫރުކަން ހޯދި ބިޕާޝާ ބާސޫގެ ހަށިގަނޑަށް އައިސްފައިވާ ބަދަލުން ގިނަ ބަޔަކު ހައިރާން ކޮށްލައިފި އެވެ.
މިހާރު ސޯޝަލް މީޑިއާގައި ބިޕާޝާގެ ފޮޓޯއެއް ދައުރުވަމުން އަންނައިރު އެ ފޮޓޯއިން އޭނާ ވަކި ކުރަން ވެސް ނޭނގޭ ވަރަށް ތަފާތުކަން އެނގެ އެވެ.
އެގޮތުން ކުރިއާ އަޅާ ބަލާއިރު އޭނާގެ ބަރުދަން ވަރަށް ބޮޑަށް އިތުރުވެފައިވާއިރު އެކަމުގެ ސަބަބުން އޭނާގެ ސިފަ ވެސް ވަނީ ގެއްލިފަ އެވެ.
މި ފޮޓޯތަކާއެކު އިންޓަނެޓުގައި ބިޕާޝާއަށް ބައެއް މީހުން އަންނަނީ ފުރައްސާރަ ކުރަމުންނެވެ. އެގޮތުން އެއް އިރެއްގައި އޭނާގެ ރީތިކަމަށް މަޝްހޫރު މީހަކަށް އެހާ ބޮޑު ބަދަލެއް އައިސްފައިވަނީ ކީއްވެތޯ އެމީހުން ސުވާލު ކުރެ އެވެ.
އެހެން ނަމަވެސް ބައެއް މީހުން ވަނީ އޭނާގެ ދިފާއުގައި ވެސް ވާހަކަ ދައްކާފަ އެވެ. އެގޮތުން އޭނާ ބަލިވެ އިނދެ ވިހެއިކަން ވެސް އެމީހުން ފާހަގަކުރެ އެވެ.
ބިޕާޝާއަކީ 2000ގެ އަހަރުތަކުގައި ގިނަ ފިލްމުތަކަކުން މަގުބޫލުކަން ހޯދި ފަންނާނެކެވެ. އޭގެ ތެރޭގައި "ރާޒް" އަދި ޖިސްމް ފަދަ ފިލްމުތައް ހިމެނެ އެވެ.