ހަ އަހަރުގެ ދިގު ކޯހެއް ފުރިހަމަކޮށް، މަޝްހޫރު މޮޑެލް އަދި އިންފްލުއެންސަރު ކިމް ކާޑޭޝަން ގާނޫނީ ސްކޫލުން ގްރެޖުއޭޓްވެއްޖެ އެވެ.
ކިމްގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާ ކޮށްފައިވާ ވީޑިއޯތަކެއްގައި އޭނާ ވަނީ ހަ އަހަރަށްފަހު ކިޔެވުން ނިމުމުން އެކަން ފާހަގަކޮށްފަ އެވެ.
އާއްމުކޮށް ހަތަރު އަހަރު ދުވަހުން ނިމޭ އެ ކޯސް ހަ އަހަރު ދުވަހަށް ދެމިގެން ދިޔައީ ކޮވިޑް 19އާއި ކިމްގެ އެހެނިހެން މަސައްކަތްތަކުގެ ސަބަބުން ކަމަށް ހަބަރުތައް ބުނެ އެވެ.
ކިމް ގްރެޖުއޭޓްވެފައި މިވަނީ ކެލިފޯނިއާގައި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ އޮންނަ ގާނޫނީ ވަކީލަކާއެކު ފުރިހަމަކުރި އެޕްރެންޓިސް ޕްރޮގްރާމަކަށްފަހު އެވެ.
އެހެން ނަމަވެސް އެ ސްޓޭޓްގެ ބާ އެގްޒާމް ފުރިހަމަ ކޮށްގެން ނޫނީ ކިމްއަށް ގާނޫނީ ވަކީލުކަމުގެ ލައިސަންސްއެއް ނުލިބޭނެ އެވެ. އެހެން ކަމުން އަދިވެސް އޭނާ އިތުރަށް ކިޔަވަން ޖެހޭނެ އެވެ.
ކިމް އެޕްރެންޓިސް ޕްރޮގްރާމުން ދަސްވެނިވުމާއެކު އޭނާގެ އާއިލާގައި ހިމެނޭ ކޯޓްނީއާއި ކްލޯއީ ވެސް ވަނީ އޭނާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
ރާއްޖޭގެ ކަނޑުގެ ތެލާއި މައުދަން ނެގުމަށް ގާނޫނެއް ހަދަނީ
ދުޅަހެޔޮ އަދި އުފާވެރި އާއިލާއަކަށް ދިރިއުޅުމުގެ އާދަތަކެއް!
"ޑޭސް އޮފް ތަންޑާ"ގެ ސީކުއަލްގައި ޓޮމް ކުރޫޒްއާއި އޭން ހެތަވޭ!