މާލޭގެ ހުކުރު މިސްކިތު ގޯތިތެރޭގައި ގިނަ އަދަދެއްގެ ކުނި ޖަމާކޮށްފައި ހުރުމުން ގިނަ ބަޔެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެއްޖެ އެވެ.

ހުކުރު މިސްކިތުގެ ގޯތިތެރެއަށް ކުނި ޖަމާކޮށްފައި ހުރި ފޮޓޯތަކެއް ފޭސްބުކްގައި ހިއްސާކޮށްފައިވާއިރު 100 އަށްވުރެ ގިނަ މީހުން ވަނީ އެޕޯސްޓް ޝެއާކޮށްފަ އެވެ.

ހުކުރު މިސްކިތު ގޯތިތެރެއަށް ކުނިއަޅާފައި. ފޮޓޯ: ސޯޝަލް މީޑިއާ

ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަގޮތުގައި ކުނި އަޅާފައިވާ ކަޅު ކޮތަޅުތަކާއި ފޮށިގަނޑުތައް މިސްކިތުގެ ގޯތިތެރޭގައި ޖަމާކޮށްފައި އެބަހުއްޓެވެ.

https://m.facebook.com/story.php?story_fbid=10224609173758459&id=1283081396

އެ ޕޯސްޓަށް ކޮމެންޓުކުރި ބައެއް މީހުންވަނީ މިފަދަ އަމަލެއްކުރީ މުސްލިމުންތޯ ސުވާލު އުފައްދާފަ އެވެ. އަދި މިސްކިތް ބަލަހައްޓަނީ ސަރުކާރުގެ ކޮން ވުޒާރާއަކުންތޯ ސުވާލުކޮށްފަ އެވެ.

"މިކަން ކުރީވެސް މުސްލިމުންބާ، ނޫނީ އެހެން ދީނެއްގެ ބައެއްބާ؟ މިތަން ބަލަހައްޓަނީ ސަރުކާރުގެ ކޮން ވުޒާރާއަކުންބާ؟ ހައްތަހާވެސް ސުވާލު،" އެ ޕޯސްޓަށް ކޮމެންޓްކުރު މީހަކު ސުވާލުކޮށްފައި އެވެ.

މާލޭގެ މިސްކިތްތައް ބެލެހެއްޓުމުގައި ސިޓީ ކައުންސިލާއި، އިސްލާމިކް މިނިސްޓްރީ އަދި ހެރިޓޭޖްގެ ދައުރު ވެސް އޮވެ އެވެ. އެހެންކަމުން މިކަމުގައި ޒިންމާ ނަގަންޖެހޭނީ ކޮން ވުޒާރާއަކުން ކަމާމެދު ސުވާލު އުފެދެ އެވެ.