މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ނަމުގައި ސްކޭމް މެސެޖްތަކެއް ދައުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ޕޯސްޓުން އެދެފި އެވެ.
މި މެސެޖްގައި ކަސްޓަމަރުގެ އެޑްރެސް ނުބައިކޮށް ޖަހާފައި އިނުމުން ޕެކޭޖް ޑެލިވަރ ނުކުރެވިފައިވާކަމަށް ބުނެ އެވެ. އަދި އެ މެސެޖުގައި، ރަނގަޅު އެޑްރެސް ޖެހުމަށް އެދި ލިންކެއް ދީފައިވާކަން ވެސް ފާހަގަކޮށްފައިވެ އެވެ.
ޕޯސްޓް އޮފީހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެ އޮފީހުން ޑެލިވަރީ އެޑްރެސް ހޯދުމަށް އެއްވެސް ކަސްޓަމަރަކަށް މެސެޖު ނުކުރާނެ ކަމަށެވެ.
އެހެންކަމުން ޒާތީ އަދި މާލީ މައުލޫމާތު ރައްކާތެރިކުރުމަށްޓަކައި، މިފަދަ ލިންކްތަކަށް ނުފިތުމަށް ޕޯސްޓުން ވަނީ އެދިފަ އެވެ.
ޕޯސްޓް އޮފީހުގެ ނަމުގައި ސްކޭމް މެސެޖްތަކެއް ދައުރުވާން ފަށާފައިމިވަނީ އާއްމުން ޓެމޫއިން ގެންނަ ތަކެތި ލިބުން ލަސްވެ ގިނަ ބަޔަކު ޝަކުވާކުރަމުން ދަނިކޮށެވެ.
ޔޫއޭއީ އާއި ގަތަރުގެ ސަފީރުކަމަށް ތޯރިގާއި އާދަމް ޝަރީފް
ކައްދުއަށް 40 މިނިޓުން ދެވޭ އިސްދޫގައި އެއާޕޯޓެއް އަޅަނީ
އެމްކިއުއޭއިން ކުރީ ހަގީގަތާ ހިލާފު ތުހުމަތުތަކެއް: އެވިޑް ކޮލެޖު