މިއަހަރުގެ މިސް ވޯލްޑް ރީތީގެ މުބާރާތް ކާމިޔާބުކުރި ތައިލެންޑްގެ ރީތީގެ ރާނީ އޯޕަލް ސުޗާތާ އިންޑިއާގެ މައި ފިލްމީ ދާއިރާ، ބޮލީވުޑަށް ވަނުމުގެ ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
ދާދި ފަހުން އިންޑިއާގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އޯޕަލް ވަނީ އިންޑިއާއަށް އޭނާ ކުރި ދަތުރުގެ ތަޖުރިބާއާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.
އެގޮތުން ތެލަންގަނާގެ ސަރުކާރުން މިސް ވޯލްޑްގެ ބައިވެރިންނަށް ހަމަޖައްސައިދީފައިވާ އިންތިޒާމުތަކުގެ ފުރިހަމަކަން ފާހަގަކޮށް އޯޕަލް ވަނީ އެ ސަރުކާރަށް ޝުކުރު އަދާކޮށްފަ އެވެ. އެއާއެކު އޭނާ އިންޑިއާއަށް ކުރި ދަތުރަކީ ވަރަށް ފުރިހަމަ ދަތުރެއް ކަމަށާއި ޔަގީނުންވެސް އެ ގައުމަށް އެނބުރި އަންނާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
ބޮލީވުޑުން ފުރުސަތެއް ލިބިއްޖެނަމަ ގަބޫލު ކުރާނަންތޯ އެހުމުން އޯޕަލް ބުނީ އެއީ ލިބޭނެ ޝަރަފެއް ކަމަށާއި ބޮލީވުޑްގެ ފިލްމެއްގައި މަސައްކަތްކުރަން ބޭނުންވާ ކަމަށެވެ.
އިންޑިއާގެ ހައިދަރްއާބާދުގައި އޮތް މިސް ވޯލްޑް 2025ގެ މުބާރާތް އޯޕަލް ކާމިޔާބު ކުރިއިރު އޭނާއަކީ އެ ލަގަބު ތައިލެންޑަށް ހޯދައިދިން ފުރަތަމަ ރީތީގެ ރާނީ އެވެ.
ވިޔަފާރިތަކަށް ފައިސާ ދޫކުރަނީ ބައިބަޔަށް ބަހައިގެން: ޒަރީރު
ޓްރަމްޕްގެ މަގުބޫލުކަން 33 ޕަސެންޓަށް ދަށްވެއްޖެ
ކަސްޓަމްސްއަށް 26 އޮފިސަރުން ހޯދަނީ