ހޮލީވުޑްގެ މަޝްހޫރު ތަރި ބްރެޑް ޕިޓް އޭނާގެ އަމިއްލަ ދަރިންނާ ވެސް ގުޅުން ކަނޑާލާފައިވާ ކަމަށް އިނގިރޭސި މީޑިއާތަކުން ބުނެފި އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ބްރެޑްވަނީ އޭނާއާއި އެންޖެލީނާ ޖޯލީގެ ކައިވެންޏަށް ލިބުނު ދެ ކުދިން ކަމަށްވާ ޝިލޮހް ޖޯލީއާއި ޕެކްސް ޖޯލީއާ އޮތްު ގުޅުން ކަނޑާލާފަ އެވެ.
ބްރެޑް އެ ނިންމުން ނިންމާފައިވަނީ އެ ގުޅުންތައް އަލުން ރަނގަޅުވާނެ ފުރުސަތު އޮތް ކަމަށް އޭނާ ގަބޫލު ނުކުރާތީ ކަމަށް ބްރެޑްއާ ގާތް ފަރާތްތަކުން ބުނެ އެވެ.
ބްރެޑް އޭނާގެ ދަރިންނާއެކު ގުޅުންތައް ކަނޑާލާފައި މިވަނީ ދާދި ފަހުން ޝިލޮހް އޭނާގެ ނަމުން ބްރެޑްގެ ނަން އުނިކޮށް ނަން ބަދަލު ކޮށްފައި ވަނިކޮށެވެ.
މި ނިންމުމާއެކު ކުރިއަށް އޮތް ތަނުގައި އެ ދެބެއިންނަށް ބްރެޑްގެ މުދަލުން އެއްވެސް ހިއްސާއެއް ނުލިބޭނެ ކަމަށް ގާނޫނީ ވަކީލުން ބުނެ އެވެ.
މިއީ ބްރެޑްއާއި އެންޖެލީނާއާ ދެމެދު ޖެހިފައިވާ މައްސަލަ ގަނޑުގައި ބްރެޑް އެންމެ ފަހުން ނިންމި ނިންމުމެވެ. މީގެ ކުރިން އެ ދެތަރިން ވަނީ ވަރަށް ހަޑި ގޮތަކަށް އެމީހުންގެ ކައިވެނި ނިމުމަކަށް ގެނެސްފަ އެވެ.