މަޝްހޫރު ލަވަކިޔުންތެރިޔާ ޑުއާ ލިޕާއާއި އޭނާގެ ބައިވެރިޔާ އިނގިރޭސި އެކްޓަރު ކެލަމް ޓާނާ އެންގޭޖްވިކަން ޑުއާ ލިޕާ ޔަގީން ކޮށްދީފި އެވެ.

ޑުއާ ލިޕާ އެކަން ޔަގީން ކޮށްދެމުން ބުނީ އެއީ ތެދު ހަބަރެއް ކަމަށާއި ބައިވެރިޔާއާ އެންގޭޖްވުމުގެ އިހުސާސަކީ ބުނެދޭން ނޭނގޭ ކަހަލަ އިހުސާސެއް ކަމަށެވެ.

އެއާއެކު ކެލަމްއާއެކު ދިރިއުޅުމެއް ފަށައި އުމުރުން ދުވަސް ވަންދެން ވެސް އެކުގައި އުޅެން ބޭނުންވާ ކަމަށް ޑުއާ ލިޕާ އެ އިންޓަވިއުގައި ބުންޏެވެ.

"މިއަދާ ހަމައަށް އަހަންނަކަށް ނޭނގޭ މީހަކާ އެންގޭޖްވުމަކީ ކޮންކަހަލަ އިހުސާސެއް ކަމެއް. މިއީ ވަރަށް ތަފާތު ތަޖުރިބާއެއް" ޑުއާ ލިޕާ ބުނެފައިވެ އެވެ.

ހަމައެއާއެކު އޭނާގެ އިހުސާސްތައް ދަންނަ އޭނާ ދެކެ ލޯބިވާ ބައިވެރިޔަކު ލިބުމަކީ ވެސް ވަރަށް އުފާވާ އަދު ޝުކުރުވެރިވާ ކަމެއް ކަމަށް ވެސް ޑުއާ ލިޕާ ބުންޏެވެ.

ޑުއާ ލިޕާއާއި ކެލަމް ކައިވެނި ކުރާނެ ވަކި ދުވަހެއް އަދި އެނގިފައިނުވާއިރު މިވަގުތު އެ ދެމީހުން ވެސް ބޭނުންވަނީ އެކުގައި އުފާވެރި ދުވަސްތަކެއް ހޭދަކުރަން ކަމަށް ހަބަރުތައް ބުނެ އެވެ.