އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ލޯކަލް ކައުންސިލް އިންތިހާބުގެ ކެޕްޕޭން އެ ދެ ޕާޓީގެ އޮފީހުގެ ކުރިމަތީގައި ޖަލްސާއެއް ބާއްވައި ނިންމާލައިފި އެވެ.
މިއަދު ހަވީރު ބޭއްވި އެ ޖަލްސާގައި އިދިކޮޅު ކޯލިޝަންގެ ލީޑު ކުރައްވާ ގިނަ ބޭފުޅުން ވަނީ ވާހަކަފުޅު ދައްކައިފަ އެވެ. އޭގެ ތެރޭގައި ޕީއެންސީގެ ނައިބު ރައީސް އަބްދުއް ރަހީމް އާއި ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު ގައްސާމް މައުމޫން އާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ އިތުރުން އެ ދެ ޕާޓީގެ އެޑްވައިޒަރުންގެ ގޮތުގައި ހަމަޖެއްސި ބޭފުޅުން ވަނީ ވާހަކަ ދައްކައިފަ އެވެ.
އެ ހުރިހާ ބޭފުޅުން ވެސް ޖުމްލަ ގޮތެއްގައި ވާހަކަފުޅުފައި އަލި އަޅުވާލެއްވީ ސަރުކާރުގެ ނާގާބިލުކަމާއި ސަރުކާރުން ރައްޔިތުންގެ މަތިން ހަދާން ނެތިފައިވާ ކަމުގެ ވާހަކަ އެވެ.
އަދި ލޯކަން ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކުރިއަށް ގެންދާ ކަންތައްތަކުގެ ވާހަކަވެސް ވަނީ ދައްކައިފަ އެވެ
ޖަލްްސާގައި ވާހަކަފުޅު ދެއްކެވި ހުރިހާ ބޭފުޅުން ވެސް ވިދާޅުވީ މާދަމާ ނަގާ ކައުންސިލކް އިންތިހާބުގެ ވޯޓުގައި ޕީޕީއެމް/ޕީއެންސީ ކެންޑިޑޭޓުންނަށް ވޯޓުލާން ޖެހޭނީ މާތްވި އިސްލާމް ދީން ހިމާޔަތް ކުރަން ކަމަށެވެ. އަދި މި ސަރުކާރުން އިސްލާމްދީނާ ދެކޮޅަށް ކުރިއަަށް ގެންދާ ސިއްރު އެޖެންޑާތަށް ހުއްޓުވައި ސަރުކާރުގެ އަނިޔާވެރިކަމުން ރައްޔިތުން ސަލާމަތްކުރުމަށް ކަމަށެވެ.