އަފްގާނިސްތާނުގެ ތާލިބާން ސަރުކާރު ބަލައިގަތް ފުރަތަމަ ގައުމަކަށް ރަޝިއާ ވެއްޖެ އެވެ.
ރަޝިއާގެ މި ނިންމުން ހާމަކޮށްފައިވަނީ އަފްގާނިސްތާނުގެ ފޮރިން މިނިސްޓަރު އާމިރު ހާން މުއްތަގީ އާއެކު ރަޝިއާއިން އެގައުމަށް ކަނޑައަޅުއްވާފައިވާ ސަފީރު ޑްމިޓްރީ ޒިރްނޮވް ބައްދަލުކުރެއްވުމަށް ފަހު އެވެ.
މިކަމާ ގުޅިގެން މުއްތަގީ ވަނީ މިއީ ވަރަށް ހިތްވަރު ގަދަ ނިންމުމެއް ކަމަށާއި ރަޝިއާ އާ އެކު ބިނާކުރަނިވި ގުޅުން ތަކެއް ގާއިމު ވެގެންދާނެ ކަން ޔަގީން ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ބައިނަލްއަގުވާމީ ފެންވަރުގައި އަފްގާނިސްތާނު އެކަހެރިވެފައި އޮތް ޙާލަތަށް ބަދަލު އަންނާނެ ނިންމުމެކެވެ.
މިއާއެކު ވިޔަފާރިއާއި އިގްތިސާދާއި، ހަކަތަ އާއި ދަތުރުފަތުރުގެ އިތުރުން އިމާރާތްތައް ކުރުން ފަދަ ދާއިރާތަކުން ދެގައުމުން އެއްބާރުލުން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ތާލިބާނުން އެގައުމުގެ ވެރިކަމުގެ ބާރަށް އައިސްފައިވަނީ މީގެ 4 އަހަރު ކުރިން 2021 ވަނަ އަހަރު ކުރިން އެމެރިކާގެ ސިފައިން އެގައުމުން ފޭބުމަށްފަހު އެވެ.
އޭގެ ފަހުން އެއްވެސް ގައުމަކުން މިހާތަނަށް ރަސްމީކޮށް ތާލިބާނުގެ ސަރުކާރު ބަލަގަނެފައެއް ނުވެ އެވެ. އެހެންނަމަވެސް ޗައިނާ، އެކުވެރި ޢަރަބި އިމާރާތު، އުޒްބެކިސްތާން އަދި ޕާކިސްތާނުން އަފްގާނިސްތާނަށް ސަފީރުން ކަނޑައަޅާފައިވާއިރު، މިއީ އެ ސަރުކާރު ރަސްމީކޮށް ބަލައިގަތުމާ ދިމާލަށް އަޅާފައިވާ ފިޔަވަޅެއްކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ވިދާޅުވެ އެވެ.
ދިރާގުން މުވައްޒަފުންގެ އަގުވަޒަންކޮށްފި
ހިތުގެ ސާޖަރީގެ ކުރިން ސަލްމާންއާއެކު ދެ ގަޑިއިރުގެ ފޯނެއް!
ކިޔު ބަންދުކޮށްފި، 5:30 ގައި ވޯޓު ގުނަން ފަށަނީ