މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ހުޅުމާލޭ ދާއިރާގެ ކައުންސިލަރު ކަމަށް އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި އިބްރާހީމް ޝުޖާއު ހޮވިއްޖެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ޝުޖާއުއާ ވާދަ ކުރީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެނޑިޑޭޓް، ރިޒްނާ ޒަރީރެވެ.
މިހާތަނަށް އިއުލާން ކޮށްފައިވާ ދެ ފޮށީގެ ނަތީޖާއަށް ބަލާއިރު ޝުޖާ ވަނީ 337 ވޯޓް ހޯދައިފަ އެވެ. ރިޒްނާ ޒަރީރަށް ލިބިފައި ވަނީ 103 ވޯޓެވެ. އިތުރު ފޮށިތަކުގެ ވޯޓްތައް ގުނަމުންދާއިރު އެ ފޮށިތަކުން ވެސް ޝުޖާއު އުޅުއްވަނީ ކުރީގަ އެވެ.
ހުޅުމާލޭ ކައުންސިލަރުކަމަށް ޝުޖާއު މިހާރު ހޮވިފައިވާކަމަށް ރިޒްނާ ވަނީ ރާއްޖޭގެ އޮންލައިން ނޫހަކަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.
އެތައް ބަޔަކަށް ލަނޑުދިން އަންމަޓީގެ މައްސަލަ ސާބިތު ނުވި
ސަލްމާންގެ ފެނިލުމާއެކު 90ގެ ހަނދާންތައް!
އިޒްރޭލުން ހަމަލާތައް ދެމުންދާއިރު މަޝްވަރާތަކުގެ ބޭނުމެއް ނެތް!