މަސްވެރިކަމުގެ ދާއިރާއާގުޅޭ 2 ކޯހެއްގައި ބައިވެރިވުވުމުގެ ފުރުސަތު ފިޝަރީޒް ކޮލެޖުން ހުޅުވާލައިފި އެވެ.
އެމްއެންޔޫގެ ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސްއިން އިން މިއަހަރުގެ އޮގަސްޓް މަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ހުޅުވާލާފައިވަނީ މިއަންނަ އޯގަސްޓުމަހުގެ 5 ވަނަ ދުވަހާއި ހަމައަށެވެ.
މި ދެ ކޯހަކީ ނޭޝަނަލް ސެޓްފިކެޓް 3 އިން ފިޝިން ގައިޑިން އަދި ނޭޝަނަލް ސެޓްފިކެޓް 1 އިން ފިޝް ޕްރޮސެސިން އެންޑް ކޮލިޓީ ކޮންޓްރޯލް އެވެ. މިއީ ކުރިއަށް އޮތް އޯގަސްޓު އިންޓޭކްގައި 6 މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކޯސްތަކެކެވެ.
މީގެ ތެރެއިން ނޭޝަނަލް ސެޓްފިކެޓް 3 އިން ފިޝިން ގައިޑިން ކޯސް ކުރިއަށްދާނީ އެމްއެންޔޫ ތިނަދޫ އަދި ކުޅުދުއްފުށީ ސިޓީގެ ކެމްޕަހުގަ އެވެ. އަދި ނޭޝަނަލް ސެޓްފިކެޓް 1 އިން ފިޝް ޕްރޮސެސިން އެންޑް ކޮލިޓީ ކޮންޓްރޯލް ކޯސް ކުރިއަށްދާނީ އެމްއެންޔޫ މާލެ ކެމްޕަހުގަ އެވެ.
އެމްއެންޔޫގައި ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސްގެ ނަމުގައި ކޮލެޖެއް އުފައްދާ، ކިޔަވައިދޭން ފަށާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓްމަހުގަ އެވެ.