ހައްޖަށް ދިޔުމަށް މީހުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ދައްކާ ފައިސާއިން އެ ކޯޕަރޭޝަނުން ޒަކާތް ދައްކަން ޖެހޭނެ ކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ފަތުވާ ނެރެފި އެވެ.
މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހައްޖަށް ދިޔުމަށް ދައްކާ ފައިސާއިން ޒަކާތް ދެއްކުމާ ގުޅޭ ގޮތުން ނެރުނު ފަތުވާގައި އެ މަޖިލީހުން ބުނީ އެ ފައިސާއިން ޒަކާތް ދިނުމާ ގުޅޭގޮތުން އެ މަޖިލީހަށް މައްސަލައެއް ހުށައެޅުނުކަމަށެވެ.
އެއާއެކު މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުން ދިން މައުލޫމާތުގެ އަލީގައ،ި ފަތުވާ މަޖިލީހުގެ މެމްބަރުން ވަނީ މައްސަލަ ދިރާސާކޮށްފަ އެވެ.
އެ ދިރާސާތަކަށް ފަހު ފަތުވާ މަޖިލީހުން ނިންމާފައިވަނީ އާއްމު ރައްޔިތުން ހައްޖަށް ދިއުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑަށް ދައްކާ ފައިސާއިން ޒަކާތް ދައްކަންޖެހޭނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުން ކަމަށް ފަތުވާ މަޖިލީހުން ނެރުނު ފަތުވާގައި ވަނީ ބުނެފަ އެވެ.
ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް ހައްޖު ކޯޕަރޭޝަނުން ބޮލަކަށް 69،965 ރުފިޔާ ނަގާއިރު، މި ފައިސާ ބަހާލައިގެން ދެއްކޭނެ އިންތިޒާމުވެސް އެ ކޯޕަރޭޝަނުން ވަނީ ހަމަ ޖައްސާފަ އެވެ.
ދަރުމަވަންތައިގެ އައިވީއެފް ފަރުވާއިން 27 ކުއްޖަކު އުފަންވެއްޖެ
ހާއްސަ އެހީއަށް ބޭނުންވާ 64 މީހަކު އާއިލާތަކާ ހަވާލުކޮށްފި
އަމީނީ މަގުގެ ފުރަތަމަ ސެގަމަންޓުގައި ތާރުއަޅަން ފަށައިފި