ގިނަ ބައެއްގެ ސަމާލުކަން ލިބުނު ސިޔާމާއި ޒާރާގެ ކައިވެނި ނިމުމަކަށް އަތުވެއްޖެ އެވެ.

2024 އަހަރުގެ ބޮޑު އީދު ތެރޭގައި ބ. ކަމަދޫއިން ވިދާލި އާމިނަތު ޒާރާ އާއި ވިޔަފާރިވެރިޔާ އަދި ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ ކައިވެނި ނިމުމަކަށް އައިކަން އިއުލާން ކުރީ ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އައްބާސް އެވެ.

ޝިޔާމް އާއި ޒާރާ ވަރިވި ސީދާ ސަބަބު ހާމަކުރައްވާފައި ނުވާއިރު، އައްބާސް ވިދާޅުވީ ދެމީހުންގެ ކައިވެނި ނިމުމަކަށް ގެނައީ ސުލްހަވެރިކަމާއެކު، ދެފަރާތުން ވާހަކަ ދައްކައިގެން ކަމަށެވެ.

"އޮންރަބަލް އަހުމަދު ސިޔާމް މުހަންމަދު އާއި ޒާރާ މެޑަމް ގެ ކައިވެނި އަކީ އެކަކު އަނެކުން ދެކެ ލޯބި ވެގެން ކުރެވިގެން ދިޔަ ކައިވެނިއެއް. ހަމަ އެހެންމެ އޮންރަބް އަހުމަދު ސިޔާމް މުހަންމަދު އާއި ޒާރާ މެޑަމް ކައިވެނި ރޫޅާލާފައި ވަނީވެސް އެކަކު އަނެކުންގެ މެދުގައި ރިވެތިގޮތުގައި މަސްވަރާކުރުމަށް ފަހު ސުލްހަވެރިކަމާއެކު ސުލްހަވެރި މާހައުލެއްގައި." އައްބާސް ފޭސްބުކްގައި ލިޔުއްވާފައި ވެއެވެ.

ޒާރާ އާއި ސިޔާމް ކައިވެނިކުރީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. ކައިވަނީގެ މުނާސަބަތުގައި ބޮޑެތި ގިނަ ހަފްލާތަކެއް ބާއްވާފައި ވެއެވެ. އަދި ކައިވަންޏާ ގުޅޭ ވީޑިއޯތައް ހިމެނޭ ލަވައެއްވެސް އާއްމުކޮށްފައި ވެއެވެ.

ޒާރާ އާއި ސިޔާމްގެ ކައިވެންޏަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނީ ޒާރާގެ ފަރި ނެށުން ތަކުން ގިނަ ބައަކަށް އޭނާ ރީތިވެގެން ސޯޝަލް މީޑިއާގައި ވާހަކަ ދެކެވެމުން ދަނިކޮށް ކުއްލިއަކަށް ވިޔަފާރިވެރިޔާ ސިޔާމްއާ ކައިވެނި ކުރަން ނިންމުމާއި ގުޅިގެންނެވެ.