ބަރުދަން ލުއިކުރުމަކީ ގިނަ މީހުން ބޭނުންވި ނަމަވެސް ކުރަން އުނދަގޫ ކަމެކެވެ. ވަރަށް ގިނަ މީހުން ބަރުދަން ލުއިކުރަން އެތައް އަހަރެއް ވަންދެން މަސައްކަތް ކުރެ އެވެ. ނަމަވެސް ގިނަފަހަރު ކޮޅެއްގައި ނުޖެހި ކާމިޔާބީއާ ހަމައަށް ވާސިލް ނުވެ އެވެ.
މީ ބަޔަކަށް ބަރުދަން ލުއިކުރުމަށް ލިބިދާނެ ވާހަކައަކަށްވެސް ވެދާނެ އެވެ. ނޭހާ ކިޔާ މީހަކު ވަނީ ހަތް މަހުން 35 ކިލޯ ލުއިކޮށްފަ އެވެ. އޭނާ އެ ނަތީޖާއަށް ވާސިލްވުމަށް ކުރި ހިތްވަރަށް ބަލާލާނަމެވެ.
ނޭހާ ބަރުދަން ލުއިކުރަން ފޮލޯކުރި ދިހަ ރޫލް އޭނާވަނީ އިންސްޓަގްރާމުގައި ހިއްސާކޮށްފަ އެވެ.
- ކޮންމެ ފަހަރަކު ކެއުމުގެ 5-10 މިނެޓް ކުރިން ފެންތަށްޓެއް ބުއިން، އޭރުން މަދުން ކެއުމަށް އެހީތެރިވެދޭކަމަށް އޭނާ ބުނެ އެވެ.
- ކެއުމުގައި ފައިދާހުރި ކާނާ ބޭނުންކޮށް ބެލެންސްޑް ޑައިޓެއް ފޮލޯކުރުން
- ކެއުމުގައި ފެޓް ބާނިން ކާނާ ބޭނުން ކުރުން – އޭގެތެރޭގައި މެޓަބޮލިޒަމް ރަނގަޚުކުރުމަށް ރީނދޫ، ފޮނިތޮށި ފަދަ ތަކެތި ހިމެނުން
- ހަށިގަނޑަށް އަންނަ ބަދަލު ރަނގަޅަށް ފޮލޯ ކުރުން، އެގޮތުން އަންނަ ޕްރޮގްރެސް ފޮޓޯ ނެގުމާއި މެސަރމެންޓު ނެގުން.
- ކެއުމުގައި ޕްރޮޓީންއާއި ތަރުކާރީ ހިމެނުން، އޭރުން ބޭކާރު ކްރޭވިންގްސް ތަކުން މީހާ ސަލާމަތް ކޮށްދޭ.
- ކުދި ތަށީގައި ކެއުމަށް އާދަކުރުން. އޭރުން ކެވޭ މިންވަރު މަދުވެ، ފުދޭވަރަށް ކެވިއްޖެކަމުގެ އިހުސާސް ކުރެވޭނެ
- އިންޓަރމިޓެންޓް ފާސްޓިން އަދި ޑިޓޮކްސް ބުއިންތައް ބޭނުންކުރުން. 8 ގަޑިއިރު ކެއުމާއެކު، ހަށިގަނޑަށް ބޭނުންވާވަރަށް ފެނާއި ލުނބޯ ފެން ނުވަތަ ގްރީން ޓީ ބޭނުން ކުރުން
- ހަކުރުގެ ބާވަތްތައް ނުކެއުމާއެކު ގިނައިން ކާބޯހައިޑްރޭޓްސް ހިމެނޭ ބައިތައް ކެއުމުގައި މަދުން ހިމެނުން
- ކޮންމެ ދުވަހަކުވެސް ކަސްރަތު ކުރުން
- އަބަދުވެސް ލޯ ކެލޮރީ އަދި ހައި ޕްރޮޓީން ހިމެނޭ ކާނާ ކެއުމަށް އިސްކަން ދިނުން.