އާއްމު ގޮތެއްގައި އަޅުގަނޑުމެންގެ ރާއްޖެ ފަދަ ހޫނު ގަދަ ތަންތަނުގައި އުޅޭ އިރު، ބޮލުން އިސްތަށި ފޭބުމުގެ މައްސަލައަކީ ގިނަ ބަޔަކު ކުރިމަތިލާ ކަމެކެވެ. އަވީގައި ގިނަ އިރު އުޅުމާއި ހޫނުގަދަވުމުގެ ސަބަބުން ދާހިތްލާ ޑީހައިޑްރޭޓްވުން ފަދަ ކަންކަމާއި އިސްތަށި ފޭބުމާއި ގުޅުން ވާކަމަށް ސިއްހީ މާހިރުން ބުނެ އެވެ.

އެގޮތުން މިކަން ހައްލު ކުރުމަށް ތިރީގައިވާ ކަންކަމަށް ފަރުވާތެރިވާށެވެ.

ގިނައިން ދިޔާ އެއްޗެހި ބުއިން

ހޫނު ގަދަ ދުވަސްވަރު ވަކިން އިތުރަށް ފެން ބުއިމާއި އިލެކްޓްރޮލައިޓްސް ހިމެނޭ ކުރުނބާ ފެން އަދި ސިޓްރަސް ފުރުޓަކީ މީހާ ހައިޑްރޭޓްކޮށް ހުރުމަށް އެހީތެރިވެދޭ ބައެއް ތަކެއްޗެވެ.

ބޮލުގެ ހަންގަނޑަށް ރަނގަޅު ކާނާ ކެއުން

އިންފްލެމޭޝަން އަށް މަގުފަހު ކުރުވާ ބަންދު ކުރި ކާނާއާއި ހަކުރު ހިމެނޭ ކާނާ ކެއުމުން ދުރުވާށެވެ.

ރަނގަޅު ހެއާ ކެއާ ރޫޓިންއެއް ގެންގުޅުން

ހޫނު ގަދަވެ ބޮލުން ދާހިއްލާނަމަ ބޯ ގިނައިން ދޮންނާށެވެ. ނަމަވެސް މާ ގަދައަށް ޝޭންޕޫލާ ނުހަދާށެވެ. ބޮލުގައި ތެޔޮ ލުމަކީ މުހިއްމު ކަމެކެވެ. އޭރުން އިސްތަށި ބުޑުތައް ރަނގަޅަށް މޮއިސްޗާވެ އެވެ.

ރަނގަޅަށް ނިދި ހަމަކުރުން

ހަމަ ނިދި ނުލިބޭނަމަ މީހާ ސްޓްރެސް ވެއެވެ. ސްޓްރެސް ވާނަމަ އިސްތަށި ފޭބުން އިތުރުވުމުގެ ފުރުސަތު ބޮޑުވާކަމަށް ޑޮކްޓަރުން ބުނެ އެވެ.