ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފުރާވަޑައިގެންފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ދެ ދުވަހުގެ ޒިޔާރަތެއްގައި މޯދީ ރާއްޖެއަށް ވަޑައިގަތީ ޖުލައި 25 ވަނަ ދުވަހުއެވެ. މޯދީއަށް އެއާޕޯޓުން މަރުހަބާ ދެންނެވީ ރައީސް މުއިއްޒެވެ.
އިއްޔެ ހަވީރު މޯދީ މާލެ ވަޑައިގަތުމުން، 21 ބަޑީގެ ސަލާމެއް އަރުވައި ރަސްމީކޮށް މަރުހަބާ ދެންނެވި އެވެ. ރައީސް އޮފީހުގައި އިއްޔެ ވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ރަސްމީ ވާހަކަތައް ކުރިއަށްގެންގޮސްފަ އެވެ.
ރާއްޖެއާއި އިންޑިއާގެ މެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ ރަސްމީ މަޝްވަރާތައް ފެށުމާ ގުޅޭ އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފައިވެ އެވެ. އަދި 565 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް ވެސް ވަނީ ހަމަޖައްސާފަ އެވެ.
މީގެއިތުރުން އެކި ދާއިރާތަކުން ރާއްޖެއަށް އެހީތެރިވުމަށް އެކި އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފަ އެވެ.
ހުއްދަނެތި ވަތް ދެ ބޯޓު ބްރިޖުގައި ޖެހުނު މައްސަލަ 241 ކޮމިޓީއަށް
އީކޮމާސް ޕްލެޓްފޯމްތަކަށް ބީއެމްއެލް އިން މަހަކު 16 މިލިއަން!
ކ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ޔެލޯ އެލާޓް ނެރެފި
