އެމެރިކާގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޓްރެވިސް ކެލްސްގެ ހޮލީވުޑް ފިލްމު "ހެޕީ ގިލްމޯ 2"އަކީ ބެލުން މަޖުބޫރު ފިލްމެއް ކަމަށް އޭނާގެ ލޯބިވެރިޔާ ޓޭލާ ސްވިފްޓް ބުނެފި އެވެ.

އިންސްޓަގްރާމްގައި ޓޭލާ ކުރި ޕޯސްޓެއްގައި އޭނާ ބުނީ "ހެޕީ ގިލްމޯ 2" އޭނާ ބަލާފައިވާ ކަމަށާއި އެ ފިލްމު ބެލިއިރު އޭނާގެ ހިނިގަނޑު ނުހުއްޓޭ ކަމަށެވެ.

ޓޭލާ ފޮލޯކުރާ 280 މިލިއަން މީހުންގެ މެދުގައި އެ ފިލްމު ޕްރޮމޯޓް ކުރަމުން އޭނާ އިތުރަށް ބުނީ އާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންނަމަ އެ ފިލްމު ބެލުން ރަނގަޅު ކަމަށެވެ.

"ހެޕީ ގިލްމޯ 2"އަކީ 1996 ވަނަ އަހަރު ނެރުނު ފިލްމެއް ކަމަށްވާ ހެޕީ ގިލްމޯގެ ސީކުއަލް އެކެވެ. ދެ ފިލްމުގައި ވެސް މުހިއްމު ރޯލަކުން އެޑަމް ސޭންޑްލާ ފެނިގެންދެ އެވެ.

ޖުލައި މަހުގެ 21 ވަނަ ދުވަހު "ހެޕީ ގިލްމޯ 2" ރިލީޒް ކުރެވުނު ފަހުން މިއަދާ ހަމައަށް އެ ފިލްމަށް ވަނީ ބޮޑު ކާމިޔާބީތަކެއް ލިިބިފަ އެވެ.

ޓޭލާ އޭނާގެ ސޯޝަލް މީޑިއާގައި ޓްރެވިސްއަށް ތައުރީފުކޮށް ކުރި ޕޯސްޓާއެކު ޓްރެވިސްގެ ކަންކަމުގައި އޭނާގެ ތަރުހީބު ދޭތީ ގިނަ ބަޔަކު އަންނަނީ ޓޭލާއަށް ތައުރީފު ކުރަމުންނެވެ.