ލ. މާވަށުގައި އެ ރަށު އުމުރުން 29 އަހަރުގެ މޫސާ އިބްރާހިމް މަރާލަން ދިން ހަމަލާގައި ބޭނުންކުރި ކަމަށް ބެލެވޭ ވަޅި މޫދަށް އެއްލާލާފައި އޮއްވައި ފުލުހުން ހޯދައިފި އެވެ.
ފުލުހުން ބުނީ މޫސައަށް ހަމަލާދިނުމަށް ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ހޯދީ ފުލުހުންގެ ޓީމަކުން މޫދަށް ފީނައިގެން ކަމަށެވެ. މޫސަގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ހދ. ނޮޅިވަރަމް، އަސަރީމަންޒިލް، މުހައްމަދު އިބްރާހިމް އަކީ މަސްތުވާތަކެތީގެ ކުށުގެ ރިކޯޑު އޮންނަ މީހެކެވެ.
މޫސަ މަރާލި މައްސަލައިގައި މުހައްމަދު އިބްރާހިމް ވަނީ ހައްޔަރުކޮށްފަ އެވެ.
ފުލުހުން ކުރިން ބުނި ގޮތުގައި، މޫސައަށް ދިން ހަމަލާއާ ގުޅިގެން ފަރުވާ ދިނުމަށް ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ ނިޔާވެފައެވެ. ވަޅިން ހަމަލާދީފައި ވަނީ އެ މީހާގެ ކަރަށެވެ.
ފުލުހުން ގެންދަނީ މިހާދިސާ ތަހުގީގު ކުރަމުންނެވެ.
"ސްކިން ކެއާ ރޫޓިން" ބަދަލު ކުރަން ޖެހޭކަން އަންގައިދޭ 5 ކަމެއް!
ތާޕްސީގެ "ގަންދާރީ" ނެޓްފްލިކްސް ޗާޓުގެ އެެންމެ ކުރިއަށް!
ދިވެހިރާއްޖެ މަތިން "ފޫހި ވެފައިވާ" މީހުންނަށް ހާއްސަ މަންޒިލެއް؟