ކޯލްޑް ޕްލޭގެ ކޮންސެޓެއްގެ ތެރެއިން ބޭޒާރުވި ކުރީގެ އެސްޓްރޮނޯޓް އަދި ވިޔަފާރިވެރިޔާ އެންޑީ ބައިރަން އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން "ކޯލްޑް ޕްލޭ"އަށް ދައުވާ ކުރަން ނިންމައިފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި އެންޑީ އަންނަނީ އޭނާއަށް އަމާޒުވި މަލާމާތާއި ފުރައްސާރައިގެ ބަދަލު ހޯދަން "ކޯލްޑް ޕްލޭ"އަށް ގާނޫނީ ފިޔަވަޅު އަޅަން ތައްޔާރު ވަމުންނެވެ.
އެގޮތުން އެކަމާ ބެހޭގޮތުން ގާނޫނީ ވަކީލުންނާ މަޝްވަރާ ކުރަމުން އަންނަ ކަމަށާއި އެހެން ނަމަވެސް އެ ކަމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށް ވަކީލުން ވަނީ ބުނެފަ އެވެ.
އެންޑީއާ ހަވާލާދީ ނޫސްތަކުން ބުނެފައިވަނީ ކޯލްޑް ޕްލޭޭގެ ސަބަބުން ސޯޝަލް މީޑިއާގައި އޭނާ ޖޯކަކަށް ވެއްޖެ ކަމަށާއި އޭނާއަކީ މިހާރު "މީމް މެޓީރިއަލް"އެއް ކަމަށެވެ.
ކިސް ކެމެރާއަށް އަރަން އޭނާ އެއްވެސް އިރެއްގައި އެއްބަސްވެފައި ނުވާނެ ކަމަށާއި އެހެން ކަމުން އެކަން ބަލައިގަނެވޭނީ ހައްގުތަކަށް އަރައިގަތުން ކަމުގައި ކަމަށެވެ.
މިފަހުން އޮތް ކޯލްޑް ޕްލޭ ކޮންސެޓެއްގައި އެންޑީއާއި އޭނާގެ ކުންފުނީގެ އެޗްއާރް މެނޭޖަރު ގައިގޯޅިވެ އުޅެނިކޮށް ވަނީ ބޭޒާރުވެފަ އެވެ. އެންޑީއަކީ މިހާރުވެސް މީހަކާ އިނދެގެން އުޅޭ މީހެކެވެ.
ހުޅުމާލެ ފޭސް 3ގެ ގުރުއަތުުލުން ފަށައިފި
އިމްރާން ޚާންއަށް އިތުރު 17 އަހަރުގެ ޖަލު ހުކުމެއް
ދީޕިކާއާއެކު އޮތް ދެކޮޅުވެރިކަމާ ބެހޭގޮތުން އަނުޝްކާ ބުނީ ކީކޭ؟