މި މަހުގެ 13 ވަނަ ދުވަހުގެ ދަންވަރު އއ. މާޅޮހުގައި މަރާލި, އެ ރަށު އޯކިޑުމާގޭ އުމުރުން 65 އަހަރުގެ އަބްދުއްރަހްމާން އާދަމް މަރުވީ ބޮލަށް ލިބުނު އަނިޔާތަކުގެ ސަބަބުންކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި މިއަދު ބުނީ، އަބްދުއްރަހްމާން މަރުވެފައި ވަނީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ކަމަށް އޯޓޮޕްސީ ވަގުތީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށެވެ.

އަބްދުއްރަހްމާންގެ ބޮލަށް ރަހުމު ކުޑަ އަނިޔާތަކެއް ދީފައިވާ ކަމަށް ފުލުހުން މީގެކުރިން ވެސް ބުނެފައިވެ އެވެ. އަދި އެ މައްސަލައި ގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަބްދުއްރަހްމާން މަރުވީ މާޅޮހުގެ ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށެވެ.

އަބްދުއްރަހްމާންގެ ހަށިގަނޑު އޮޓޮޕްސީ ހަދަން އިންޑިއާއަށް ގެންދިޔައީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެވެ. އަދި ބުދަ ދުވަހުގެ ރޭ މާލެއަށް ހަށިގަނޑު ގެނައުމަށް ފަހު، ބުރާސްފަތި ދުވަހު ވަނީ ވަޅުލައިފަ އެވެ.