ޑިއޯލް އާއިލާއަކީ ބޮލީވުޑް އާއިލާތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް އާއިލާ އެވެ. ދަރްމެންދްރާއާއި ހެމާ މާލިނީއިން ފެށިގެން އެމީހުންގެ ދަރިންނަކީ ވެސް ބޮލީވުޑްގެ ނަން މަޝްހޫރު ނަންތަކެވެ.
މިވަގުތަށް ބަލާއިރު އެ އާއިލާއިން ބޮލީވުޑްގައި އެންމެ ހަރަކާތްތެރިކޮށް އުޅެނީ ސަނީ ޑިއޯލްއާއި ބޮބީ ޑިއޯލް އެވެ. ސަނީގެ ގަދަރް 2އަށް ބޮޑު ކާމިޔާބީއެއް ލިބުނުއިރު ބޮބީގެ ކުރިއަށް އޮތް ފިލްމު "އެނިމަލް"އަށް މިހާރުވެސް ރަނގަޅު އާމްދަނީއެއް ލިބިފައިވެ އެވެ.
އެތަރިންނަށް ލިބެމުން އަންނަ ކާމިޔާބީއާއެކު ޑިއޯލް އާއިލާގެ ޖުމްލަ މިލްކިއްޔާތުގެ ވާހަކަ މީޑިއާގައި ވަނީ ދެކެވެން ފަށާފަ އެވެ. އެގޮތުން އެ އާއިލާގެ މިލްކިއްޔާތުގެ ތަފްސީލުތައް މިހާރު ވަނީ މީޑިއާގައި އާއްމުވެފަ އެވެ.
ހަބަރުތައް ބުނާ ގޮތުގައި ޑިއޯލް އާއިލާގައި އެކުލެވޭ ފަސް ފިރިހެނުންގެ ޖުމްލަ މިލްކިއްޔާތު 1000 ކްރޯޑް ރުޕީސްއަށްވުރެ މައްޗަށް އަރަ އެވެ. އޭގެ ތެރޭގައި ހިމެނެނީ
- ދަރްމެންދްރާ - 450 ކްރޯޑް ރުޕީސް
- ސަނީ ޑިއޯލް - 130 ކްރޯޑް ރުޕީސް
- ބޮބީ ޑިއޯލް - 66 ކްރޯޑް ރުޕީސް
- އަބޭ ޑިއޯލް - 400 ކްރޯޑް ރުޕީސް
- ކަރަން ޑިއޯލް - 60-50 ކްރޯޑް ރުޕީސް
މީގެ އިތުރުން ވެސް ކުރިއަށް އޮތް ތަނުގައި އެ އާއިލާގެ ތަރިންގެ ފިލްމުތައް ރިލީޒް ކުރެވެމުން ދާވަރަކަށް މި އަދަދުތައް އިތުރުވާނެ ކަމަށް ވެސް ލަފާ ކުރެ އެވެ.