ބޮލީވުޑްގެ ތާރީހުގައި ރިލީޒްކުރި އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ޝޯލޭ"އަށް 50 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަ ކުރުމުގެ ގޮތުން އެ ފިލްމު އަލުން ރިލީޒް ކުރަން ނިންމައިފި އެވެ.

އިންޑިއާގެ ފިލްމް ހެރިޓޭޖް ފައުންޑޭޝަނުން ވަނީ މި ފިލްމުގެ ސާފު ކޮޕީއެއް ހައްދައި ކުރިއަށް ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްގައި އަޅުވަން ނިންމާފަ އެވެ.

އެގޮތުން އަންނަ ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހު ބާއްވާ ޓޮރޮންޓޯ ފިލްމު ފެސްޓިވަލްގެ ގާލާ އިވެންޓުގައި ޝޯލޭ ދައްކާނެ ކަމަށް އެ ފައުންޑޭޝަންގެ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނެފައިވެ އެވެ.

https://www.instagram.com/p/DNGV9Nvtvjm/?utm_source=ig_embed&ig_rid=4f21d688-378f-4e4e-8f3a-d6ffd29eb83b

މި ނިންމުމާއެކު އިންޑިއާގައި ތިބި އެ ފިލްމުގެ ސަޕޯޓަރުން އަންނަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށް އިންޑިއާގައި ވެސް ފިލްމު ރިލީޒް ކުރަން ގޮވާލަމުންނެވެ.

ރަމޭޝް ސިޕީ ޑައިރެކްޓްކުރި ޝޯލޭއިން ފެނިގެންދިޔަ ތަރިންގެ ތެރޭގައި އަމީތާބު ބައްޗަން، ޖާޔާ ބަދޫރީ، ދަރްމެންދްރާ، ހެމާ މާލިނީ އަދި އަމްޖަދު ޚާން ހިމެނެ އެވެ.

އިންޑިއާގެ މިނިވަން ދުވަހާ ގުޅިގެން 1975 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު ޝޯލޭ ރިލީޒްކުރިއިރު އެ ފިލްމު ވަނީ ބޮކްސްއޮފީހުގެ ރެކޯޑްތައް މުގުރާލާފަ އެވެ.