ދަރިންނަށް އަޅާނުލާ ކަމަށް ދޭހަވާ ފަދަ ގޮތަކަށް ތުހުމަތުތަކެއް ކުރުމުން ހޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ސޯފީ ޓާނާ ހޫނު ރައްދެއް ދީފި އެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރިން ކޮންސެޓަކަށް ދިޔަ ސޯފީ ވަނީ އެ ކޮންސެޓުގެ ތެރެއިން ނަގާފައިވާ ބައެއް ފޮޓޯތައް އިންސްޓަގްރާމްގައި ހިއްސާ ކޮށްފަ އެވެ.

އެ ފޮޓޯތަކަށް ކޮމެންޓްކުރި މީހަކު "ސޯފީގެ ދެ ދަރިން ތިބިކަން އޭނާ ހަނދާން ނެތިފައިވާ ކަމަށް" ބުނުމުން ސޯފީ ވަނީ އެ ކޮމެންޓަށް ޖަވާބު ދީފަ އެވެ.

https://www.instagram.com/p/DNL0buhRa7B/?utm_source=ig_embed&ig_rid=848f3ff4-3fe3-4515-9a06-3dcf32e2666d

އެ ޖަވާބުގައި ސޯފީ ބުނީ ބައެއް މީހުންނަށް އެހެން މީހުންނާ މެދު ވިސްނުމުގެ ކުޅަދާނަކަން ނުލިބޭ ކަމަށާއި "ޝެއާޑް ކަސްޓަޑީ"އަކީ އޮންނަ ކަމެއް ކަމަށެވެ.

އެގޮތުން އެ ދުވަހު އޭނާގެ ދަރިން ތިބީ އެ ކުދިންގެ ބައްޕައާއެކު ކަމަށް ވުން އެކަށީގެންވާ ކަމަށް ވެސް ސޯފީ އިޝާރާތް ކޮށްފައިވެ އެވެ.

މި ކޮމެންޓްތަކާއެކު ގިނަ ބަޔަކު ވަނީ ސޯފީގެ ދިފާއުގައި ނުކުމެފަ އެވެ. އެގޮތުން ދެ ކުދިންގެ މަންމައަކަށް ވިޔަސް އަމިއްލަ ދިރިއުޅުމުގެ ކަންކަން ކުރުމުގެ މިނިވަންކަން އޮންނާނެ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ސޯފީއާއި ޖޯ ޖޯނަސްގެ ކައިވެންޏަށް ދެ އަންހެން ކުދިން ލިބިފައިވާއިރު ކައިވެނި ރޫޅުމަށްފަހު ވެސް ދަރިން ބެލެހެއްޓުމުގެ ކަންކަމުގައި އެ ދެމީހުން ވެސް އެއްވަރަކަށް ބައިވެރިވެ އެވެ.