ހޮލީވުޑްގެ މަޝްހޫރުު ތަރި އެންޖެލީނާ ޖޯލީ އެމެރިކާ ދޫކޮށް އެހެން ގައުމަކަށް ދިރިއުޅުން ބަދަލު ކުރަން އުޅޭ ކަމަށް ހޮލީވުޑްގެ ރިޕޯޓުތައް ބުނެފި އެވެ.
"ޕީޕަލް ޓޯކް"އިން ރިޕޯޓުކުރި ގޮތުގައި އެންޖެލީނާ މިހާރު މަސައްކަތް ކުރަމުން ދަނީ ދިރިއުޅުން ބަދަލު ކުރާނެ އެހެން ގައުމެއް ނިންމުމަށެވެ.
މިހާ ހިސާބަށް އެންޖެލީނާ އެމެރިކާގެ ލޮސް އެންޖެލަސްގައި ދިރިއުޅުނީ ކުރީގެ ފިރިމީހާ ބްރެޑް ޕިޓްއާއެކު ވެފައިވާ "ދަރިން ބެލުމުގެ އެއްބަސްވުމުގެ" ދަށުންނެވެ.
އެހެން ނަމަވެސް އޭނާގެ އެންމެ ހަގު ދަރިންނަށް މިދިޔަ ޖުލައި މަހު 18 އަހަރު ފުރުމުން މިހާރު އެންޖެލީނާ ބޭނުންވަނީ ހޮލީވުޑްއާއި އެމެރިކާ ދޫކޮށް ދާން ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އެންޖެލީނާއާއި ބްރެޑްގެ ކައިވެނި ރޫޅުނު ފަހުން އެ ދެތަރިންގެ މެދުގައި ކޯޓު ހަނގުރާމައެއް ކުރިއަށް ދިޔައިރު އެ ދެމީހުންގެ ދަރިން ތިބީ އެންޖެލީނާއާއެކުގަ އެވެ.
އެ ކަންތައްގަނޑަށްފަހު އެ މީހުންގެ ދަރިންނާއި ބްރެޑްއާ ދެމެދު އޮންނަ ގުޅުން ވެސް ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.