އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތުން އެވޯޑެއް ބަލައިގަންނަން ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓޮމް ކްރޫޒް ދެކޮޅު ހަދާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ޓްރަމްގެ ދެވަނަ ރިޔާސީ ދައުރުގައި ވައިޓް ހައުސްއިން ދޭން ފަށަން ނިންމާފައިވާ "ކެނެޑީ ސެންޓަރ" ޝަރަފު ގަބޫލުކުރަން ޓޮމް ދެކޮޅު ހެދީ ޝެޑިއުލިން މައްސަލަތަކެއް އުޅޭ ކަމަށް ބުނެ އެވެ.

ޓޮމްގެ ތަރުޖަމާނަކު މެދުވެރިކޮށް އެ ޝަރަފަށް އިންކާރު ކުރަމުން ޓޮމް ބުނެފައިވަނީ މީގެ ކުރިން ތާވަލު ކުރެވިފައިވާ މަސައްކަތް ތަކެއްގެ ސަބަބުން ދެވެން ނެތް ކަމަށެވެ.

އެ ޝަރަފު ލިބޭ ފަރާތްތަކަށް އިނާމު ހަވާލުކުރަން ޓްރަމްޕްގެ ފަރާތުން ހާއްސަ ހަފްލާއެއް ބާއްވަން ނިންމާފައިވާއިރު އެ ހަފްލާ އޮންނާނީ ޑިސެމްބަރު މަހު ކަމަށް ބެލެވެ އެވެ.

"ކެނެޑީ ސެންޓަރ" ޝަރަފަކީ އެމެރިކާގެ ކުރީގެ ރައީސް ޖޯން އެފް ކެނެޑީއަށް ނިސްބަތްކޮށް މުނިފޫހި ފިލުވުމުގެ ދާއިރާގެ ފަރާތްތަކަށް ދޭ ޝަރަފެކެވެ.

ފާއިތުވި އަހަރުތަކުގައި ޓޮމް ކްރޫޒުގެ ތަފާތު މަސައްކަތްތަކެއް ހޮލީވުޑުން ފެނިފައިވާއިރު އޭނާއަކީ އެ ދާއިރާގެ އެންމެ ފުންނާބު އުސް އެއް ފަންނާނެވެ.