މަޝްހޫރު އިނގިރޭސި ވާހަކަ "ހެރީ ޕޮޓާ" އަސްލަކަށް ބަލައިގެން އެޗްބީއޯއިން އުފައްދަން ނިންމާފައިވާ "ހެރީ ޕޮޓާ" ސީރީޒްގައި އެ ވާހަކައިގެ ފިލްމުން ފެނިގެންދިޔަ ޑެނިއަލް ރެޑްކްލިފް ފެނުމުގެ ފުރުސަތު އެބައޮތްތޯ ގިނަ ބަޔަކު ދަނީ ސުވާލު ކުރަމުންނެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި އެ ސުވާލުތަކަށް ޖަވާބު ދެމުން ޑެނިއަލް ވަނީ ކުރިއަށް އޮތް ހެރީޕޮޓާ ސީރީޒްއިން އޭނާ ފެންނާނެކަން ނުވަތަ ނޫންކަން ހާމަކޮށްފަ އެވެ.

ޑެނިއަލް ބުނީ ހެރީ ޕޮޓާގެ ސީރީޒްގައި އެއްވެސް ގޮތަކުން ހިއްސާވާން އޭނާ ގަސްދު ނުކުރާ ކަމަށެވެ. އެހެން ކަމުން އެ ސީރީޒްގައި ޑެނިއަލް ފެނުމުގެ ފުރުސަތު ވަރަށް ހަންޏެވެ.

"އަހަންނަކަށް ހިއެއްނުވޭ އަހަރެން އެނބުރި ދާނެހެން" ޑެނިއަލްގެ ފިލްމީ ހަޔާތުގައި ކުޅުނު އެންމެ ފާހަގަ ކޮށްލެވޭ އެއް ކެރެކްޓަރު އަލުން ކުޅުމާ ބެހޭގޮތުން އޭނާ ބުންޏެވެ.

އެއާއެކު ވެސް ހެރީ ޕޮޓާގެ ވާހަކަ މުޅިން ތަފާތު ގޮތަކަށް ބެލުންތެރިންނަށް ގެނެސްދޭން އެޗްބީއޯއިންނާއި ވާނަސް ބްރޯސްއިން ނިންމި ނިންމުމާމެދު އުފާކުރާ ކަމަށް ޑެނިއަލް ބުންޏެވެ.

ވަރަށް ހަގު އުމުރެއްގައި "ހެރީ ޕޮޓާ"ގެ ފިލްމުތަކުން އާއްމުންގެ ބޮޑު މަގުބޫލު ކަމެއް ހޯދި ޑެނިއަލް ވަނީ އެ ފްރެންޗައިޒްއަށްފަހު ޑްރަގް އެޑިކްޝަންއާ ހަނގުރާމަ ކޮށްފަ އެވެ.