މަޝްހޫރު ރިއަލިޓީ ތަރި ކިމް ކާޑޭޝަންގެ އިސްތަށިގަނޑަށް އަނެއްކާވެސް ބޮޑު ބަދަލެއް ގެނެސްފައިވާކަން އޭނާގެ ސަޕޯޓަރުންނަށް ފާހަގަވެއްޖެ އެވެ.

ކިމް ދާދި ފަހުން އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކުރި ފޮޓޯއެއްގައި އޭނާގެ އިސްތަށިގަނޑު ފެންނައިރު މިފަހަރު އެ އިސްތަށިގަނޑު ހުރީ ބްލޮންޑް ކުލައެއްގަ އެވެ.

ގުދުރަތީ ގޮތުން ބްރޫނެޓް ނުވަތަ ގަދަ މުށި ކުލައެއްގެ އިސްތަށިގަނޑެއް ހުންނަ ކިމްއަކީ ދޭތެރެ ދޭތެރެއިން އޭނާގެ އިސްތަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަ ފަންނާނެކެވެ.

https://www.instagram.com/p/DNXiNiRO4F0/?utm_source=ig_embed&ig_rid=cc05e1c1-6340-4260-a048-d3a980259846

އެގޮތުން 2022 ވަނަ އަހަރުގެ މެޓް ގާލާއިން ކިމް ފެނުނުއިރު އޭނާ ހުރީ މެރިލީން މޮންރޯގެ ހެދުމެއް ލައިގެން އިސްތަށިގަނޑު ބްލޮންޑް ކޮށްފަ އެވެ.

ފާހަގަ ކޮށްލަންޖެހޭ ކަމަކީ އޭގެ ދެ ދުވަސް ކުރިން ވައިޓް ހައުސްއަށް ކުރި ޒިއާރަތުގައި އޭނާގެ އިސްތަށިގަނޑު ހުރީ އެގޮތަށް ނޫން ކަމެވެ. އޭރު ކިމްގެ އިސްތަށިގަނޑު ހުރީ ގަދަ މުށި ކުލައިގަ އެވެ.

2024 ވަނަ އަހަރުގެ މެޓް ގާލާގައި ވެސް ކިމް ފެނިގެންދިޔައީ "ބްލޮންޑް ލުކް"އެެއްގަ އެވެ. ރިހި ކުލައިގެ ހެދުމަކާއެކު އޭނާގެ އިސްތަށިގަނޑު ހަދާފައިހުރި ގޮތަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ.

އެހެން ކަމުން މިފަހަރު ވެސް ކިމްގެ އިސްތަށިގަނޑު ބްލޮންޑް ކޮށްލުމުން އޭނާގެ ހާއްސަ ފެނިލުމެއް ކުރިއަށް އޮތީ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.