މަޝްހޫރު ޖޯނަސް އާއިލާގެ އެންމެ ދޮށީ މެމްބަރު ކަމަށްވާ ކެވިން ޖޯނަސްއަކީ އަބަދުވެސް ޖޯނަސް ބޭންޑްގެ ލީޑް ގިޓަރިސްޓްގެ ގޮތުގައި އާއްމުންގެ މަގުބޫލުކަން ހޯދާފައިވާ ފަންނާނެކެވެ.
ގިޓަރިސްޓެއްގެ ގޮތުގައި ކެވިން މަޝްހޫރުވެފައިވާއިރު އޭނާގެ އަޑުން ސޯލޯ ލަވައެއް ހުށައަޅައިދިނުމަކީ ގިނަ ބަޔަކު އުއްމީދު ކޮށްގެން ތިބި ކަމެއް ނޫނެވެ.
އެހެން ނަމަވެސް ޖޯނަސް ބްރަދާސްގެ "ގްރީޓިންގްސް ފްރޮމް ޔުއަރ ހޯމްޓައުން" ޓުއާގެ ތެރެއިން މިދިޔަ ހޮނިހިރު ދުވަހު ބޮސްޓަންގައި ބޭއްވި ކޮންސެޓްގައި ކެވިންގެ ހުށައެޅުމެއް ވަނީ ފެނިގެން ގޮސްފަ އެވެ.
މިއީ އޭނާގެ ސޯލޯ ހުށައެޅުމެއް ބެލުންތެރިންނަށް ފެނިގެންދިޔަ ފުރަތަމަ ފަހަރު ކަމަށްވާއިރު ގިނަ ބަޔަކު ވަނީ އޭނާގެ ލަވަކިޔުމަށް ތައުރީފް ކޮށްފަ އެވެ.
ޖޯނަސް ބްރަދާސް ބޭންޑް އުފެދުނީއްސުރެ ފާއިތުވި 20 އަހަރުގެ ތެރޭގައި ކެވިން ފެނިގެންދިޔައީ އޭނާގެ ކޮއްކޮމެންނާއެކު ހުށައެޅި ހުށައެޅުންތަކުގަ އެވެ.
އޭނާގެ ކޮއްކޮ ނިކް ޖޯނަސްއާއި ޖޯ ޖޯނަސްއަކީ މިހާރު ވެސް ގިނަ ސޯލޯ ލަވަތަކެއް ނެރެ އާއްމުންގެ ލޯބި ހޯދާފައިވާ މަޝްހޫރު ދެ ލަވަކިޔުންތެރިންނެވެ. [
މޮޓޯއެކްސް އިން ހިތްގައިމު ރީތި ސީއެފް މޮޓޯ 150 ތައާރަފުކޮށްފި
ގުދުރަތީ މާހައުލެއްގައި 20 މިނެޓުން ވެސް ގިނަ ފައިދާތަކެއް!
1.5 މިލިއަނަށް ވުރެ ގިނަ ހައްޖުވެރިން މައްކާއަށް