ދުނިޔެ ކައިރިން ދަތުރުކުރަމުންދާ ކުރިން ފެނިފައިނުވާ "ކުއަސީ މޫން" ގިނިހިލަ ޖައްވީ މަސައްކަތް ކުރާ ފަރާތްތަކުން ހޯދައިފި އެވެ.

ސައިޒުން ކުޑަ މި ގިނިހިލަ އަކީ ދުނިޔެއާ މާ ދުރުނޫން ހިސާބެއްގައި ޖައްވުގައި ދައުރުވަމުންދާ ގިނިހިލައެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ. 60 އަށްވުރެ ގިނަ އަހަރު ވެފައިވާ މި ގިނިހިލަ ޓެލެސްކޯޕްތަކަށް މިހާތަނަށް ފެނިފައި ނުވަނީ އޭގެ ކުޑަކަމާއި މަޑުކުލައިގެ ސަބަބުންކަމަށް ޖައްވީ ކަންކަން ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ.

މި ގިނިހިލައަށް ދީފައިވާ ނަމަކީ 2025 ޕީއެން7 އެވެ. މި ގިނިހިލަ އަކީވެސް ދުނިޔެ ގޮތަށް އިރު ވަށާ ދައުރުވަމުންދާ ގިނި ހިލައެކެވެ. ނަމަވެސް އިރަށްވުރެން މި ގިނިހިލަ ބޮޑަށް ކައިރީ ދުނިޔެއާ އެވެ. ދުނިޔެއާ ގޮތަށް 2025 ޕީއެން7 ވެސް އިރުވަށާ ބުރެއް ޖެހުމަށް އެއް އަހަރު ނަގަ އެވެ.

2025 ޕީއެން7 ހޯދާފައިވަނީ ޖައްވު ދިރާސާކުރުމުގެ މަސައްކަތް ކުރަމުންދާ ޕޭން ސްޓާސް އުޅަނދުން މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ.