ތ. ވިލުފުށިން ފުރައިގެން 15 މިނިޓުން ދެވޭ އެ އަތޮޅު ގުރައިދޫގައި އެއާޕޯޓެއް އަޅަން އެމްއޭސީއެލްއާ ހަވާލުކޮށްފި އެވެ.
ރައީސް މުހައްމަދު މުއިއްޒު ގުރައިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ވަނީ އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
އެމްއޭސީއެލްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދެވެ. އަދި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒާމީރެވެ.
އެމްއޭސީއެލްއާ ހަވާލުކުރީ އެއާޕޯޓް އަޅައި ހިންގުމަށެވެ.
އެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ 22 މަސް ތެރޭގައި އެ އެއާޕޯޓްގެ މަސައްކަތް ނިމޭނެ ކަމަށެވެ. އަދި 2027 ވަނަ އަހަރުގެ މިނިވަން ދުވަހު އެ އެއާޕޯޓް ހުޅުއްވައިދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ވުލުފުށީގައި ވެސް އެއާޕޯޓެއް އެޅުމަށް ވަނީ އެމްއޭސީއެލްއާ ހަވާލުކޮށްފަ އެވެ. ރައީސް މުއިއްޒު ވިދާޅުވީ ދެ އަހަރާއި ބައިގެ ތެރޭގައި އެ އެއާޕޯޓްގެ މަސައްކަތް ނިންމައި ހުޅުވާނެ ކަމަށެވެ.
 ޒަވާޖީ ހަޔާތެއް ފެށުމުގެ ކުރިން ވިސްނަންޖެހޭ ދެތިން ކަމެއް!
			ޒަވާޖީ ހަޔާތެއް ފެށުމުގެ ކުރިން ވިސްނަންޖެހޭ ދެތިން ކަމެއް!
		 ޕީއެސް5 ޕްރޯއެއް ހޯދުމުގެ ފުރުސަތު ދިރާގުން ހުޅުވައިލައިފި
			ޕީއެސް5 ޕްރޯއެއް ހޯދުމުގެ ފުރުސަތު ދިރާގުން ހުޅުވައިލައިފި
		 ރަނގަޅަށް ނުނިދާތާ ހަތް މަސް ވެއްޖެ: މޭގަން
			ރަނގަޅަށް ނުނިދާތާ ހަތް މަސް ވެއްޖެ: މޭގަން
		 
								
								
 
					 
					 
					 
					 
					 
					 
					 
					 
					 
					 
					
ތީ އަދި އެއްޗެއް ނޫނެއްނު! ކޮބާ ފ.ނިލަންދޫ އާ މަގޫދަު؟ އެއީ 7 މިނިޓުގެ ދަތުރެއް. އާބާދީއެއްވެސް އޮތީކީ ނޫން. ރިސޯޓެއްވެސް އޮތީކީނޫން..
މާލޭގަވެސް އެއްތަނުން އަނެއްތަނައް ދާން އެއަރޕޯޓް އަޚަން ވީނު.މިއުޅެނީ ހިގައި ނުގެނެވިގެން