ގއ. މާމެންދޫގައި މީގެ ހަތަރު އަހަރު ކުރިން ހިންގި މާރާމާރީއެއްގައި އެ ރަށު އަހްމަދު އުދައްޔަށް ވަޅިން ހަމަލާދީ މަރާލުމުގެ ކުށް ސާބިތުވި ދެ މީހަކު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
އުދައްޔު މަރާލުމުގެ ކުށް ސާބިތުވެފައި ވަނީ ގއ. މާމެންދޫ، ރިހިފަރުދާގެ، އަހުމަދު ޝަމީމް އާއި އެރަށު ގުލްފާމްގެ، މުހައްމަދު މާޒިންގެ މައްޗަށެވެ.
މި ދެ މީހުންގެ މައްޗަށް ވެސް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ އޮގަސްޓް މަހުގެ 25 ވަނަ ދުވަހު ކަނޑައެޅި އެވެ.
އުދައްޔުގެ މަންމަ އާއި ބައްޕަ ވަނީ އޭނާގެ މަރުގެ ބަދަލުގެ ގޮތުގައި އެ ދެ މީހުންނަށް އިސްލާމީ ޝަރީއަތުގައިވާގޮތުގެމަތިން މަރުގެ އަދަބު ދިނުމަށް ބޭނުންވާ ކަމަށް ބުނެފަ އެވެ.
އެ މައްސަލާގައި މީގެކުރިން ކުށް ސާބިތުވި ކުޑަކުއްޖާގެ މައްޗަށް ވަނީ 25 އަހަރު ބަންދުގައި ބެހެއްޓުމަށާއި މަރުގެ ދިޔައިގެ ގޮތުގައި 1 މިލިއަން ރުފިޔާ ދައްކަން ހުކުމް ކޮށްފަ އެވެ.
ޓެކުހަށް މަކަރު ހެދިކަމުގެ ތުހުމަތުވާ މައްސަލަ ފަށަނީ
އައިވަރީ ކޯސްޓް ފުރަތަމަ ފަހަރަށް ވޯލްޑްކަޕްގެ ދެވަނަ ބުރަށް
ކައްދުއަށް 40 މިނިޓުން ދެވޭ އިސްދޫގައި އެއާޕޯޓެއް އަޅަނީ
