ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އީއައިއޭ ރިޕޯޓްތައް ނިންމަންވެގެން އެންވަޔަރުމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ)ގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމް އެތަނުން ބޭރުކޮށް މަގުމަތިކޮށްލައިފި އެވެ.
އީއައިއޭ ހަދާ ކޮންސަލްޓަންޓަކު "ހުރިހާ"އަށް ކިޔައިދިންގޮތުގައި ނައީމް އެތަނުން ބޭރުކޮށް މަގުމަތިކޮށްލީ އީއާރްއޭގެ މުވައްޒަފުންނަށް މާލިއްޔަތު ގާނޫނާއި ގާނޫނުލް އުގޫބާތާ ޚިލާފަށް ފައިސާ ދީގެން އޯވާނައިޓުން އީއައިއޭ ރިޕޯޓްތައް ނިންމަން ވެގެންނެވެ.
"އީއާރްއޭގެ މުވައްޒަފުންނަށް ފައިސާދީގެން އީއައިއޭ ރިޕޯޓްތައް ނިންމަނީ،" އޭނާ ކިޔައިދިނެވެ.
އީޕީއޭގެ ނަން އެންވަޔަރުމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އަށް ބަދަލުކޮށް، އެކަން ސަރުކާރުން އިއުލާންކުރީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ.
ނައީމް އެތަނުން ބޭރުކޮށްލީ 13 އަހަރަށްވުރެ ގިނަ ދުވަހު އޭނާ އެތަނުގައި ހިދުމަތް ކުރައްވަމުން ގެންދަވަނިކޮށެވެ.
މިކަމާ ގުޅިގެން ތަކުރާރުކޮށް ގުޅުމުން ވެސް ފޯނު ނުނަންގަވާތީ ނައީމްގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.