މަޝްހޫރު އިންޓަނެޓް ޝަހްސިއްޔަތު ކިމް ކާޑޭޝަންއާއި އޭނާގެ މަންމަ ކްރިސް ޖެނާ ގުޅިގެން ކިމްގެ ކުރީގެ ލޯބިވެރިޔާ ރޭ ޖޭގެ މައްޗަށް އަބުރުގެ ދައުވާ ކޮށްފި އެވެ.
ހޮލީވުޑް ހަބަރުތައް ބުނާ ގޮތުގައި ކިމްއާއި ކްރިސް ރޭ ޖޭއަށް ދައުވާކުރީ އެމީހުންނަކީ މަކަރާއި ހީލަތުން ކަންކަން ކުރާ ބައެއް ކަމަށް ރޭ ޖޭ ބުނުމުންނެވެ.
ރޭ ޖޭ ބުނެފައިވަނީ ކިމްއާއި ކްރިސްއަކީ އެފަދަ ވިޔަފާރިތައް ހިންގާ ބައެއް ކަމަށާއި އެމީހުންގެ ތަހުގީގު ކުރިއަށް ގޮސް ހުކުމް އިއްވަން ކައިރިވެފައިވާ ކަމަށެވެ.
ލޮސް އެންޖެލަސް ސުޕީރިއާ ކޯޓަށް މިދިޔަ ބުދަ ދުވަހު ހުށައެޅި އެ މައްސަލާގައި ބުނެފައިވަނީ ރޭ ޖޭގެ އެ ތުހުމަތުތަކަކީ އެއްވެސް އެއްވެސް އަސްލެއް ނެތް ތުހުމަތުތަކެއް ކަމަށެވެ.
އެގޮތުން އެ ތުހުމަތުތަކަކީ އަމިއްލަ އެދުމަށްޓަކައި ކިމްއާއި އޭނާގެ އާއިލާ ބަދުނާމު ކުރުމުގެ ގޮތުން ރޭ ޖޭ ކޮށްފައިވާ ތުހުމަތުތަކެއް ކަމަށް ވެސް އެ މައްސަލާގައި ބުނެފައިވެ އެވެ.
ރޭ ޖޭއާއި ކިމް ލޯބީގެ ގޮތުން ގުޅިގެން އުޅުނީ 2000ގެ ކުރީކޮޅުގެ އަހަރުތަކުގަ އެވެ. 2007 ވަނަ އަހަރު އެ ދެމީހުންގެ ބަދުއަހުލާގީ އަމަލު ފެންނަ ވީޑިއޯއެއް ވެސް ލީކުވެފައިވެ އެވެ.