ބޮލީވުޑްގެ މަޝްހޫރު ތަރި ދީޕިކާ ޕަދުކޯންގެ އެންމެ ފަހުގެ ފެނިލުން އޭނާގެ ސަޕޯޓަރުންގެ އިތުރުން ގިނަ އަދަދެއްގެ އާއްމުންނަށް ކަމުގޮސްފި އެވެ.
އަބޫދާބީ ފަތުރުވެރިކަމުގެ އިސްތިހާރެއްގައި ދީޕިކާ އޭނާގެ ފިރިމީހާ ރަންވީރު ސިންހްއާއެކު ފެނިގެންދިޔައިރު އޭނާ ހުރީ އަރަބި ހެދުމެއްގައި ބުރުގާ ވެސް އަޅައިގެންނެވެ.
އެ އިޝްތިހާރުގައި ދީޕިކާއާއި ރަންވީރު ވަނީ އަބޫދާބީގެ މުއްސަނދި ތާރީހާއި އެ ސިޓީއިން ކުރެވޭ އިހުސާސްތަކުގެ ވާހަކަ ބެލުންތެރިންނަށް ކިޔައިދީފަ އެވެ.
"ބައެއް ތަންތަނަކީ އެ ތަންތަނުގެ ވާހަކަތަކާއި އަޑުތައް ލަފުޒުތަކަކާނުލާ ވެސް އަހަރުމެންނަށް އިވޭ ތަންތަން" އިޝްތިހާރުގެ ތެރެއިން ދީޕިކާ ބުނެފައިވެ އެވެ.
އެހެން ނަމަވެސް ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ ދީޕިކާގެ ހެދުމާއި އޭނާގެ ބުރުގާ އެވެ. ނިވާކަން ބޮޑު އެ ހެދުމުގައި ދީޕިކާގެ ރީތިކަން އިތުރުވާ ކަމަށް ބުނަ ގިނަ ބަޔަކު އަންނަނީ އޭނާއަށް ތައުރީފު ކުރަމުންނެވެ.
މިދިޔަ ހޯމަ ދުވަހު އަބޫދާބީއިން ވަނީ އެ ސިޓީގެ ބްރޭންޑް އެމްބެސަޑަރުންގެ ގޮތުން ރަންވީރުގެ ދެމަފިރިން އިއުލާން ކޮށްފަ އެވެ. އެހެން ކަމުން އެ ސިޓީގެ ޕްރޮމޯޝަންތަކުގައި ދީޕިކާގެ މިފަދަ ފެނިލުންތައް އިތުރުވާނެ ކަމަށް ބެލެވެ އެވެ.
އަންނަ މަހުން ފެށިގެން ވަގުތުން ޕާޓީން ވަކިވެވޭނެ
އައްޑޫއަށް ވަގަށް އެތެރެކުރި 1.8 މިލިއަން ސިނގިރޭޓު ނައްތާލައިފި
ސެންޓުގެ ވަސް ގިނައިރު ދެމެހެއްޓޭނެ ގޮތެއް!