އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ކޯލިޝަން (އައިއެމްސީޓީސީ) މިއަދު މާލޭ ގައި ޓްރެއިނިން ޕްރޮގްރާމެއް ފަށައިފި އެވެ.

މި ޕްރޮގްރާމްގެ ނަމަކީ، "އެނަލިސިސް އޮފް އެކްޓްރީމިސްޓް ޑިސްކޯސް، ހޭޓް ސްޕީޗް އިން ދަ ޑިޖިޓަލް މީޑީޔާ: ސްމާޓް ކައުންޓަރިން ޓޫލްސް އެންޑް ޓެކްނޮލޮޖީސް" އެވެ.

މި ޕްރޮގްރާމް ގައި ރާއްޖޭގެ އެކި މީޑިއާތަކާއި، ތައުލީމީ މުއައްސަސާތައް ތަމްސީލުކުރާ ތިރީސް މީހަކު ބައިވެރިވެ އެވެ. މިއީ، ކައުންޓާ ޓެރަރިޒަމް އާއި، މެދުމިނުގެ ވިސްނުންތަކާއި، ތަހައްމަލުކުރުމާ ބެހޭ މައުލޫމާތު ފެތުރުމުގައި މީޑީއާ ގައި މަސައްކަތްކުރާ މީހުންގެ ގާބިލިއްޔަތުކަން އިތުރުކޮށް، އެ މީހުންގެ ހުނަރުތައް ކުރިއެރުވުމަށް ޓަކައި އައިއެމްސީޓީސީ އިން އިސްނަގައިގެން ކުރިއަށްގެންދާ ހޭލުންތެރިކުރުމުގެ ސިލްސިލާ ޕްރޮގްރާމުގެ ބައެކެވެ.

މި ޕްރޮގްރާމު އަމާޒުކޮށްފައިވަނީ، ނޫސްވެރިންނާއި، މީޑިއާގައި މަސައްކަތްކުރާ ޕްރޮފެޝަނަލް މީހުންނަށް ޑިޖިޓަކް ކޮންޓެންޓް އެނަލައިޒްކޮށް، ހަރުކަށި ފިކުރުގެ ވާހަކަތަކާއި، ޑިޖިޓަލް މާހައުލުތަކުގައި ނަފްރަތު އުފެއްދުމުގެ ވާހަކަތައް ހުންނަ ގޮތް ދެނެގަތުމާއި، އެކަންތައްތައް ހައްލުކުރުމަށް ބުއްދިވެރި ޕްރޮފެޝަނަލް މެތަޑްތައް ބޭނުންކޮށްގެން ކޮންޓެންޓް އެނަލިސިސް އާއި، ދޮގު ހަބަރުތަކުގެ މަސްދަރު ހޯދުމާއި، ޒަމާނީ ޑިޖިޓަލް ވެރިފިކޭޝަން ޓޫލްތައް ބޭނުންކުރުމަށެވެ.

ހަމައެހެންމެ، ހަރުކަށި ފިކުރުގެ ވާހަކަތަކުން ކުރާ ނަފްސާނީ އަދި އިޖްތިމާއީ ނޭދެވޭ އަސަރުކަތަކާ މެދު ހޭލުންތެރިކަން އުފެއްދުމަށާއި، މީޑިއާ ރިޕޯޓްރަކުގެ ފެންވަރު ރަނގަޅުކުރުމަށް ޓަކައި، ޒިންމާދާރު ތަހްލީލީ ރިޕޯޓްތައް ލިޔުމުގައި ބައިވެރިންގެ ހުނަރު އިތުރުކޮށް، ފިކްރީ އަދި އިޖްތިމާއީ ސެކިއުރިޓީ ގާއިމްކުރުމަށް އެފަދަ ރިޕޯޓްތައް ލިޔާނެ ގޮތުގެ ހުނަރު އިތުރުކުރުމަކީ މި ޕްރޮގްރާމް ގެ އަމާޒެކެވެ.

"ސުލްހައިގެ ނޫސްވެރިން" ޕްރޮގްރާމް އައިއެމްސީޓީސީ އިން ފެށި ޕްރޮގްރާމްގެ ތެރެއިން

މި ތަމްރީނު ޕްރޮގްރާމުގައި ކުރިއަށް ގެންދިއުމަށް ރާވައިފައިވާ މައުޟޫތަކުގެ ތެރޭގައި، ހަރުކަށި ފިކުރާއި، ހޭޓް ސްޕީޗް ހުންނަ ގޮތް ގެނެގަތުމާއި، އޭގެ ސްޓްރަކްޗާ އާއި، މަގްސަދުތައް އެނަލައިޒްކުރުމާއި، މީޑީޔާ ޕްލެޓްފޯމްތަކުގައި ސްޕީޗް އެނަލައިޒްކުރުމަށް ބޭނުންކުރެވޭ ޓެކްނިކަލް އަދި ޑިޖިޓަލް ވަސީލަތްތައް ހުންނަ ގޮތް ދެނެގަތުމާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕޭންތަކާއި، މީޑިއާގައި ކުރެވޭ ނަތީޖާ ނެރެވޭ ކަހަލަ ކަންތައްތައް މެދުވެރިކޮށް ޑިޖިޓަލް މީޑިއާ ގައި ހޭޓް ސްޕީޗް ފެތުރުން ކުޑަކުރުމަށް މީހުންނާ މުޚާތަބުކުރުމަށް ބޭނުންކުރެވިދާނެ ބުއްދިވެރި ޓެކްނިކްތަކާއި، ބެސްޓް ޕްރެކްޓިސްތައް ހިމެނެ އެވެ.

މި "ޕީސް ޖޯނަލިސްޓްސް" ޕްރޮގްރާމް އިފްތިތާޙުކުރުމަށް ބޭއްވުނު ހަފްލާ ގައި ވާހަކަދައްކަވަމުން ދިފާއީ ވަޒީރުގެ ނައިބު ފާތިމަތު މިޒްނާ ފާހަގަކުރެއްވި ގޮތުގައި، މި ޕްރޮގްރާމަކީ، އައިއެމްސީޓީސީ އާއި، ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާ ދެމެދު އޮތް އެއްބާރުލުމުގެ ހެއްކެކެވެ. އަދި ހަރުކަށި ފިކުރާ ކުރިމަތިލުމުގެ ގާބިލިއްޔަތުކަން އިތުރަށް ކުރިއެރުވުމަށް ޓަކައި ސައުދީ އަބިޔާ ގެ ސަރުކާރުން ދޭ އެހީތެރިކަމުގެ މުހިއްމުކަން ފާހަގަކުރެއްވި އެވެ.

އެކަމަނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ޕްރޮގްރާމުގެ މަގްސަދުތަކުގެ ތެރޭގައި، ހޭޓް ސްޕީޗް ހުއްޓުވުމަށް ޓަކައި މީޑިޔާ އަށް ކުޅެވިދާނެ ދައުރު ފުޅާކުރުމާއި، ޞުލްޙަވެރި ކަމުގެ ސަޤާފަތެއް އުފެއްދުން ހިމެނެ އެވެ. އަދި ހަމަ އެއާއެކު، ފާހަގަކުރެއްވި ގޮތުގައި، ޚަބަރުތަކުގެ ތެދުކަމާއި، ތެދުދޮގު ބެލުމަކީ އިސްލާމީ ގިޔަމުތަކެކެވެ.

މި ޕްރޮގްރާމަކީ، މީޑިއާ ގައި މަސައްކަތް ޕްރޮފެޝަނަލް މީހުންނާއި، ނޫސްވެރިންނާއި، ތަޢުލީމީ ދާއިރާގެ މީހުންނާއި، ސިވިލް ސާރވިސް ގެ މުވައްޒަފުންނަށް އަމާޒުކޮށް ހިނގޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ މަގްސަދަކީ، ޑިޖިޓަލް ހައްދުފަހަނައަޅާ ދިއުމުގެ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ޕްރޮފެޝަނަލް ގާބިލިއްޔަތުކަން އިތުރުކުރުމާއި، ޕްރޮފެޝަނަލިޒަމް އާއި، އިޖްތިމާޢި ޒިންމާދާރުކަމުގެ މައްޗަށް ބިނާވެފައިވާ އީޖާބީ ޕްރިޓިވް މީޑިޔާ ކަވަރޭޖެއް އާލާކުރުމެވެ.

މި ޕްރޮގްރާމް ތަންފީޒުކުރެމުން މި ދަނީ، އައިއެމްސީޓީސީ އިން ލޯންޗުކޮށްފައިވާ މުވާސަލާތުކުރުމުގެ އިސްތިރާޖީ ޕްރޮގްރާމްތަކުގެ ތެރެއިންނެވެ. މިއީ، މީޑީއާ އާއި، ހޭލުންތެރިކުރުވުމާއި، ތަޢުލީމުގެ ދާއިރާތަކުގައި، މެމްބަރު ގައުމުތަކުގެ މެދުގައި ގާބިލިއްޔަތުކަން އުފައްދައި، ގުޅުންތައް ވަރުގަދަކުރުމަށް ޓަކައި އެ މުއައްސަސާއިން ކުރަމުންދާ މަސައްކަތްތަކުގެ ބައެކެވެ. އެއީ، ޓެރަރިޒަމް އާއި، ހަރުކަށި ފިކުރާ ދެކޮޅަށް ކުރެވޭ ފިކުރިއްޔާތާއި، މީޑިޔާ މަސައްކަތްތައް އެއްބައިވަންތަކުރުމާއި، ގައުމުތަކުގެ މެދުގައި ސުލްހައާއި، އެކީގައި އުޅުމުގެ ސަގާފަތެއް އާލާކުރުމުގައި އައިއެމްސީޓީސީ ގެ ތަސައްވުރަށް ވާސިލުވުމަށެވެ.