ރާއްޖޭގެ ފިހާރަތަކުގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު ކާބޯތަކެތި ގެނައުމަށް މަސައްކަތްކުރާ ވިލާ މާޓުން މެދުއިރުމަތީގައި އެންމެ މަގުބޫލު ނަޓްސް ބްރޭންޑް "ކަސްޓާނިއާ ނަޓްސް" ރާއްޖެއަށް ތައާރަފުކޮށްފި އެވެ.
ލުބްނާންގެ އެއް ނަންބަރު ނަޓްސް ބްރޭންޑް "ކަސްޓާނިއާ"ގެ އުފެއްދުންތައް މިހާރު ވިލާ މާޓުން ވަނީ ރީޓެއިލް އަދި ހޯލްސޭލްކޮށް ވިއްކަން ފަށައިފަ އެވެ. މި އުފެއްދުންތަކަކީ ލެބަނީޒް ޕްރިމިއަމް ކޮލިޓީ އާއި ސަގާފީ ރޯސްޓިން ޓެކްނިކްތައް ބޭނުންކޮށްގެން އުފައްދާ ތަކެއްޗެވެ.
ކަސްޓާނިއާގެ އުފެއްދުންތަކުގެ ތެރޭގައި ކްލާސިކް ނަޓްސް މިކްސްތަކާއި، ޕްރިމިއަމް ޕިސްޓާޗިއޯ، ކެޝޫ އަދި އަލްމަންޑްސްގެ އިތުރުން ޚާއްސަ ސީޑްސް ކަލެކްޝަނެއް ވެސް ހިމެނެ އެވެ. މީގެ ތެރޭގައި ރެގިއުލާ މިކްސް، ސުޕަ މިކްސް، އެކްސްޓްރާ މިކްސް އަދި ޖަމްބޯ މިކްސް ފަދަ މަޝްހޫރު މިކްސްތައް ހިމެނެއެވެ.
"އަޅުގަނޑުމެން ގެންނަނީ ހަމައެކަނި އެންމެ ރަނގަޅު ފެންވަރުގެ އުފެއްދުންތައް. ކަސްޓާނިއާއަކީ މެދުއިރުމަތީގައި އެންމެ މަގުބޫލު އަދި ގިނަ ބަޔަކު ޚިޔާރުކުރާ ނަޓްސް ބްރޭންޑް،" ވިލާ މާޓުގެ އިސް ވެރިއަކު ވިދާޅުވިއެވެ.
ކަސްޓާނިއާގެ އުފެއްދުންތައް ލިބެން ހުންނާނީ އަތްމަތީގައި ގެންގުޅެވޭ ކުދި ޕެކެޓުތަކުންނާއި، ޢާއިލީ ބޭނުމަށް އެކަށޭނަ ބޮޑެތި ޕެކެޓުތަކުގަ އެވެ. މި އުފެއްދުންތަކުގެ ޚާއްސަ ކަންތައްތަކުގެ ތެރޭގައި ޕްރިމިއަމް ކޮލިޓީ، ތާޒާކަން އަދި އަސްލު މެދުއިރުމަތީގެ ރަހަ ހިމެނެ އެވެ.
ކަސްޓާނިއާގެ އުފެއްދުންތައް މިހާރު ވިލާ މާޓުގެ ހުރިހާ ގޮފިތަކުން ލިބެން ހުންނާނެ އެވެ. އަދި ހޯލްސޭލް އޯޑަރުތަކަށް ވެސް މި އުފެއްދުންތައް ފޯރުކޮށްދެ އެވެ.
ކަސްޓަނިޔާ ނަޓްސްގެ އުފެއްދުންތައް ބަންދުކޮށްފައި ހުންނަނީ ބޭނުން ކުރުމަށްފަހު ފަސޭހައިން ބަންދު ކުރެވޭ ގޮތަށް ޒިޕް ބޭގެއްގަ އެވެ. މިހެންވުމުން ނަޓްސްގައި އެ ހުންނަ ތާޒާ ކަމަަށް ކުޑަވެސް ބަދަލެއް ނާންނާނެ އެވެ