ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ހަތަރު މިލިއަން ރުފިޔާގެ ކޮކެއިން މޯލްޑިވްސް ކަސްޓަމް ސާވިސް (އެމްސީއެސް)އިން އަތުލައިގަނެފި އެވެ.

ކަސްޓަމްއިން މިއަދު ބުނީ، އަތުލައިގަތް މަސްތުވާތަކެތީގެ ބަރު ދަނުގައި ދޮޅު ކިލޯ ހުތި ކަމަށެވެ. އަދި އެ ދޮޅު ކިލޯ އަތުލައިގަތީ ދެ ފަހަރެއްގެ މަތިން ކަަމަށް ވަނީ ބުނެފަ އެވެ. ދޮޅު ކިލޯގެ ކޮކެއިން ރާއްޖެއަށް އެތެރެ ކުރަން އުޅުނީ ކޮރެއާގެ މަގުންނެވެ.

އެގޮތުން ކޮރެއާ މަގުން ދެ ފަހަރެއްގެ މަތިން ރާއްޖެއަށް އައި ޕާރުސަލްތަކެއް ބަލާ ފާސް ކުރަނިކޮށް ކޮކެއިން ފެނިފައިވާ ކަމަށް ކަސްޓަމުން ހާމަކޮށްފައިވެ އެވެ. އަދި އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގަކީ ގާތްގަނޑަކަށް 4.7 މިލިއަން ރުފިޔާ ކަމަށް ކަސްޓަމުން ބުނެފައިވެ އެވެ.

އަތުލައިގަތް މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ. ފުލުހުން މިހާރު ވަނީ އެ މައްސަލަ ތަހުގީގު ކުރަން ފަށައިފަ އެވެ.