އައްޑޫ ހިތަދުއާއި ހުޅުމީދޫ ގުޅުވާލާ ބުރިޖުގެ ސާވޭއާއި ޑިޒައިން ހަދަން ޗައިނާ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.
މި މަސައްކަތް ހަވާލުކުރީ، ޗައިނާގެ ޓީވައިލިން އިންޓަނޭޝަނަލް އިންޖިނިއަރިން ކޮންސަލްޓިން ކުންފުންޏާ އެވެ.
އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އެ ކުންފުނީގެ ޗައިނާ ބްރާންޗްގެ ރައީސް ޗެން ޝިއައޯހޫ އެވެ.
މި އެއްބަސްވުމުގެ ދަށުން ބުރިޖުގެ ސާވޭތައް ހެދުމާއި ޑިޒައިން ތައްޔާރުކުރުމާއި ފަންނީ ކަންކަމާއި ޓެންޑަރިންއަށް ބޭނުންވާ ލިޔުންތައް ތައްޔާރުކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މި މަސައްކަތަށް ކޮންސަލްޓަންޓެއް ކަނޑައެޅީ ފިނޭންސް މިނިސްޓްރީގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
މި މަޝްރޫއާ ގުޅިގެން ރައްޔިތުންނާ މަޝްވަރާކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެ މަސައްކަތް ހަވާލުކުރީ، 1،025،000 ޑޮލަރަށެވެ. އެއީ ހަ މަސް ތެރޭ މަސައްކަތް ނިންމާގޮތަށެވެ.
ނިމިދިޔަ މަޖިލިސް އިންތިހާބާ ދިމާކޮށް މި މަސައްކަތް މިސްރުގެ ކުންފުންޏަކާ ވެސް ހަވާލުކުރި އެވެ. ނަމަވެސް އެ ކުންފުންޏަށް އެ މަސައްކަތް ނުކުރެވުނެވެ.
ދައުވާ ނުކުރާ މައްސަލަތަކުގެ ލިޔެކިޔުން ނައްތާނުލަން އަންގައިފި
39 މިލިއަން ރުފިޔާއަށް ވަގުފު އިމާރާތް އަޅަން އާރުސީސީ އަށް
200 އަށްވުރެ ގިނަ ބަނގުރާފުޅިއާ އެކު ބިދޭސީންތަކެއް ހައްޔަރަށް
